އެންގޭޖްވުމާއެކު ބްރިޓްނީ އިންސްޓަގްރާމުން ބްރޭކެއް ނަގައިފި

ބްރިޓްނީ އާ ސޭމް---

އެމެރިކާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ބްރިޓްނީ ސްޕެއާސް އޭނާގެ ލޯބިވެރިޔާ ސޭމް އަސްގަރީއާ އެންގޭޖްވުމަށްފަހު އިންސްޓަގްރާމުން ކުޑަ ބްރޭކެއް ނަގައިފިއެވެ.

ބްރިޓްނީ އިންސްޓަގްރާމުން ބްރޭކެއް ނެގިކަން ހާމަކުރަމުން ކުރި ޓްވީޓެއްގައި ބުނީ އެންގޭޖްމަންޓް ފާހަގަކުރުމަށް ސޯޝަލް މިޑީއާއިން ކުޑަ ބްރޭކެއް ނެގީކަމަށެވެ. އަދި މާ ގިނަ ދުވަސްތަކެއްނުވެ އެނބުރި އަންނާނެ ކަމަށެވެ.

ސޭމްއަކީ ފިލްމު ކުޅުންތެރިއެކެވެ. މީގެ އިތުރުން ސޭމްއަކީ ފިޓްނެސް ޓްރެއިނާއެއްގެ ގޮތުގައި ވެސް މަސައްކަތްކުރާ ތަރިއެކެވެ. ސޭމްއަކީ އީރާނުގެ ވެރި ރަށް ތެހްރާނަށް ނިސްބަތްވާ މީހެކެވެ.

ސޭމް އާ ބްރިޓްނީ އެންމެ ފުރަތަމަ ދިމާވީ ބްރިޓްނީގެ ސިންގަލް މިއުޒިކް ވީޑިއޯ ސްލަމްބާ ޕާޓީގެ މިއުޒިކް ވީޑިއޯ ނެގުމުގެ ތެރެއިން 2016 ވަނަ އަހަރުގައެވެ. ސޭމް އާ އެންގޭޖްވުމުގެ ކުރިން ބްރިޓްވީ ވަނީ ދެ ކައިވެންޏެއް ކޮށްފައެވެ. 2004 ވަނަ އަހަރު ބްރިޓްނީ ޖޭސަން އެލެކްޒެންޑާ ކައިވެނިކުރިއިރު ހަމަ އެއަހަރު އެ ކައިވެނި ނިމުމަކަށް އައިސް ހަމަ އެ އަހަރު އޭނާ ކައިވެނިކުރީ ކެވިން ފެޑާލިންއާއެވެ. އެ ކައިވެންޏަށް ވަނީ ދެ ފިރިހެން ކުދިން ލިބިފައެވެ. ނަމަވެސް އެ ކައިވެނި ވެސް ވަނީ 2007 ވަނަ އަހަރު ރޫޅިފައެވެ.

ލަވަކިޔުންތެރިޔާ ބްރިޓްނީ އާ ސޭމް އެންގޭޖްކުރި ނަމަވެސް ދެތަރިން ކައިވެނިކުރާނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް