"ބައްތިރީސް" ނަމުގައި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯއިން) 32 އިންޗި ޓީވީ ހާއްސަ އަގުތަކެއްގައި ވިއްކާ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯއިން ބުނީ މި ޕްރޮމޯޝަނަކީ އެ ކުންފުނީގެ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓުން 32 އިންޗި ހިޓާޗީ ޓީވީ ވިއްކާ ހާއްސަ ޕްރޮމޯޝަނެއްކަމަށެވެ.
މި ޕްރޮމޯޝަނުގައި 32 އިންޗީގެ ހިޓާޗީ އެންޑްރޮއިޑް ސްމާޓް ޓީވީއެއް ވިއްކާ އަގަކީ 2،999 ރުފިޔާއެވެ.
އެގޮތުން މި ޓީވީއަކީ އަޑު ސާފު، ކުލަތައް ރީތި ޓީވީއެއްކަމަށް އެސްޓީއޯއިން ބުންޏެވެ.
އަދި އެއީ ނެޓްފްލިކްސްއާއި ޔޫޓިއުބްފަދަ ޒަމާނީ އެޕްލިކޭޝަންތައް ވެސް ބޭނުންކޮށްލެވޭ އެޗްޑީ ޓީވީއެއްކަމަށް ވެސް ބުންޏެވެ.
މި ޕްރޮމޯޝަން ކުރިއަށް ދާނީ މިއަދުން ފެށިގެން އަންނަ މަހުގެ 15ވަނަ ދުވަހުގެ ނިޔަލަށްކަމަށް އެސްޓީއޯއިން ބުންޏެވެ.