އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް ފުއާދު އިންތިހާބުކޮށްފި

އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސްކަމުގެ މަގާމަށް އެ ކޮމިޝަނުގެ މެންބަރު ފުއާދު ތައުފީގް އިންތިހާބު ކޮށްފިއެވެ.

ފުއާދު އެ ކޮމިޝަނުގެ ރައީސްކަމަށް އިންތިހާބު ކޮށްފައިވަނީ މިހާރު ކުރިއަށްދާ އެ ކޮމިޝަނުގެ ޖަލްސާގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާއިލް ހަބީބު އަބްދުއްރަހީމް "ސަން"އަށް ވިދާޅުވީ ފުއާދު ރައީސްކަމަށް އިންތިހާބު ކޮށްފައިވަނީ އެ ކޮމިޝަނުގެ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމުގެ މަގާމު ހުސްވީ އެ ކޮމިޝަނުގެ ރައީސްކަމުގެ މަގާމުގައި ހުންނެވި އަހްމަދު ޝަރީފް މެންބަރުކަމުން އިސްތިއުފާ ދިނުމާ ގުޅިގެންނެވެ.

ފުއާދަކީ އިންތިގާލީ މަރުހަލާގައި އިލެކްޝަންސް ކޮމިޝަނުގެ މެންބަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި އޭގެ ފަހުން ފުރަތަމަ ދައުރުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސްކަން ކުރެއްވީ ވެސް ފުއާދުއެވެ.

comment ކޮމެންޓް