އެލައިޑުން ކްލަބްހައުސްގައި މި ކިޔައިދެނީ ފައިސާ ރައްކާ ކުރުމުގެ މުހިއްމުކަން

ފައިސާ ރައްކާކުރުމުގެ ޕްލޭނެއް ގެންގުޅުމުގެ މުހިންމުކަމާ ބެހޭ ގޮތުން އެލައިޑް އިންޝުއަރެންސް އިން މާދަމާ ކްލަބްހައުސްގައި ޝެޝަންއެއް ކުރިއަށް ގެންދާނެކަން އިއުލާންކޮށްފިއެވެ.

"ރައްކާވެތިބިއްޔާ" ގެ ދެވަނަ އެޕިސޯޑުގެ ގޮތުގައި 'އިމްޕޯޓަންސް އޮފް ސޭވިންގް'، މި މައުޟޫއަށް އެލައިޑުން ކުރިއަށް ގެންދާ ކްލަބްހައުސް ސެޝަން ފަށާނީ މާދަމާ ރޭ 9:30 ގައި ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ސެޝަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް، ކްލަބް ހައުސް ސެޝަން ލިންކްގެ އެހީގައި ބައިވެރި ވެވޭނެއެވެ.

މިފަހަރުގެ ސެޝަން ހާއްސަކޮށްފައި ވަނީ ފަހަށް ފައިސާ ރައްކާކުރުމަށްޓަކައި ބޭނުންކުރެވިދާނެ އިންޝުއަރަންސް ޕްލޭންތަކަށެވެ. އެގޮތުން ދަރިންގެ ތައުލީމީ ހަޔާތަށް ފައިސާ ރައްކާކުރެވޭނެ ދެމެހެއްޓެނިވި ސޭވިން ޕްލޭންތަކާއި އެހެނިހެން ބޭނުންތަަކަށް ސޭވް ކުރުމަށް ނެގޭނޭ ސޭވިން ޕްލޭންތަކުގެ މައުލޫމާތުވެސް އެ ސެޝަންގައި ދޭނެއެވެ.

"ރައްކާވެތިބިއްޔާ" ސީރީޒްގެ ފުރަތަމަ އެޕިސޯޑުގެ މައުޟޫއަކީ 'ފަޔާ އިންޝުއަރަންސް، ހޯމް ކޮންޓެންޓް އަދި ކޮންޓްރެކްޓާސް އޯލް ރިސްކް' އެވެ.

އެއީ ގެދޮރާއި މުދަލުގެ ރައްކާތެރިކަން ފޯރުކޮށްދޭ އިންޝުއަރަންސް ހިދުމަތްތަކާއި އެ ހިދުމަތްތައް ހޯދުމުގައި ބެލުން މުހިންމު ކަންކަމަށް އަލިއަޅުވާލައިގެން ކުރިޔަށްގެންދިޔަ ސެޝަންއެކެވެ.

އެ ސިލްސިލާ ހަރަކާތްތައް ބާއްވަން ނިންމީ އާންމުންގެ ތެރޭ އިންޝުއަރަންސް ހައްލުތަކާ ބެހޭ މައުލޫމާތު އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް އެ ކުންފުނިން މައުލޫމާތު ދިނެވެ.

އެހެންކަމުން ކޮންމެ މީހަކަށްވެސް އެ ސެޝަންތަކުގައި ބައިވެރިވުމުގެ ފުރުސަތު އޮތް ކަން އެލައިޑުން ފާހަގަކޮށް، ހުރިހާ މީހުންނަށްވެސް އެ ސެޝަނުގައި ބައިވެރިވުމަށް އެ ކުންފުނިން ދައުވަތު ދިނެވެ.

comment ކޮމެންޓް