ސިނގިރޭޓް ބުއިން ހުއްޓުމަށް މަގެއް

ސިނގިރޭޓް ބުއިމުން ދުރުހެލިވާން މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް---

ދިވެހިންގެ ކިބައިގައި އަށަގަނެފައިވާ އެންމެ ނޭދެވޭ އެއް ސިފައަކީ ސިނގިރޭޓް ބުއިމެވެ. އަންހެނެއް ފިރިހެނެއް މިކަމުގައި ތަފާތެއް ނެތެވެ. ކުޑައެއް ބޮޑެއް ކިޔާނެ ކަމެއް ނެތެވެ.

އަތުން ގިނަ ޚަރަދުތަކެއް ސިނގިރޭޓަށް ދާކަން އެނގި ހުރެވެސް މި ޢަމަލުން ދުރުހެލިވުމަކީ ގިނަ ބަޔަކަށް ކުރަން ވަރަށް އުނދަގޫކަމެކެވެ. ނަމަވެސް ހިތްވަރާއެކު އެކަން ކުރުން ހުއްޓުމަށް އަޒުމު ކަނޑައަޅައިފިނަމަ އަވަސް މުސްތަގްބަލެއްގައި އެކަމުން ދުރުހެލިވެވޭވެނެއެވެ.

ސިނގިރޭޓް ބުއިމުން ދުރުހެލިވުމަށް ވިސްނުން ރަނގަޅުކުރުން މުހިއްމެވެ. ބޭކާރު ގޮތްގޮތަށް ވިސްނާ ނެގަޓިވްކޮށް ވިސްނުމަކީ މީހާގެ ހަލާކެވެ. އަދި ހާއްސަކޮށް ސިނގިރޭޓް ބުއިން ހުއްޓުމަށް ރަނގަޅު ޕްލޭނެއް ހެދުމަށްފަހު އެއާ އެއްގޮތަށް ޢަމަލުކުރަން މަސައްކަތް ކުރާށެވެ. އެންމެ މުހިއްމު އެއްކަމަކީ އާއިލާއާއި ރަހުމަތްތެރިންގެ ހިތްވަރު ހޯދުމެވެ. އެމީހުން ދޭ ނަސޭހަތްތައް ކަނުލާ އަޑުއަހައިގެން އެއާ އެއްގޮތަށް ޢަމަލުކުރަން މަސައްކަތް ކޮށް އަބަދުވެސް ކޮންމެވެސް ކަމަކައިގެން މަސްއޫލުވެ އުޅޭށެވެ.

ހަމައެއާއެކު ސިނގިރޭޓެއް ބޯލަން ހިތަށް އަރައިފިނަމަ ޗުވިންގަމެއް ނުނީ މެޓައެއް އަނގަޔަށް ލާށެވެ. ސިނގިރޭޓް ބުއިން އެއްކޮށް ހުއްޓެންދެން ސިނގިރޭޓް ބޯ ރަހުމަތްތެރިންނާ ދުރުހެލިވެވާށެވެ. ސަބަބަކީ ކޮފީ މޭޒު މަތިން ވެސް ރަހުމަތްތެރިއަކު ސިނގިރޭޓް ބޯ މަންޒަރު ބޯތަން ފެނުމުން ސިނގިރޭޓް ބޯ ހިތްވާތީއެވެ.

comment ކޮމެންޓް