"ލޮކް އެންޑް ކީ 2" ގެ ޓީޒާ އާންމުކޮށްފި

ދެވަނަ ސީޒަންގެ މަންޒަރެއް--

ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ނެޓްފްލިކްސް ސީރީޒް "ލޮކް އެންޑް ކީ"ގެ ދެވަނަ ސީޒަން ގެ ޓީޒާ ޓްރެއިލާ އާންމުކޮށް ގެނެސްދޭ ތާރީޚު އިއުލާންކޮށްފިއެވެ.

ޒުވާނުންގެ މެދުގައި މަގްބޫލުކަން ލިބުނު މި ސީރީޒްގެ ދެވަނަ ބައެއް އާންމުންނާ ހަމައަށް އަންނާނީ އަންނަ އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހުއެވެ. އެކަން ވަނީ ލޮކް އެންޑް ކީ ގެ ޓީމުން ކަށަވަރުކޮށްދީފައެވެ.

ނެޓްފްލިކްސްގައި ސްޓްރީމްކުރާ މި ސީރީޒްގެ ބައެއް ފޮޓޯ މަންޒަރުތަކެއް ވެސް ވަނީ މީގެ ކުރިން ހިއްސާކޮށްފަ އެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ސީރީޒްގެ ފުރަތަމަ އެޕިސޯޑެއް ދައްކާފައިވާއިރު އެ ސީރީޒް ވެގެން ގޮސްފައިވަނީ ދިވެހިން ވެސް އެންމެ ގިނައިން ބެލި އެ ސީރީޒްއަށެވެ. ނެޓްފްލިކްސްގެ ލިސްޓުގައި "ލޮކް އެންޑް ކީ" އަށް ދެވަނަ ވެސް ވަނީ ލިބިފަ އެވެ.

އާދަޔާ ހިލާފު ގެއަކުން ފެންނަ ތަޅުދަނޑިތަކުގައި ޖާދޫވީ ބާރު ހުންނަކަން ދައްކުވައިދޭ އެ ޝޯ ވަނީ ޒުވާނުންގެ މެދުގައި މަގުބޫލުކަމެއް ހޯދާފައެވެ.

ޓީނޭޖު ކުދިންގެ ދިރިއުޅުމުގައި ހިނގާ އާދަޔާޚިލާފު ކަންތައްތަކެއް މައްޗަށް ބިނާކޮށް ގެނެސްދޭ މި ފަހަރުގެ ސީޒަނުގައި ފެނިގެންދާނީ ފުރަތަމަ ސީޒަންގައި އެމީހުން ކުރަން ފެށި ކަމެއް ނިންމަން ކުރާ ބޮޑު މަސައްކަތެކެވެ. މި ސީރީޒްގެ ފުރަތަމަ ސީޒަނުގައި ހިމެނެނީ 10 އެޕިސޯޑެވެ.

comment ކޮމެންޓް