ސާފްގެ ކާމިޔާބީތައް އަޒްމީންގެ ނަޒަރުން: އަހަރެމެންގެ ފަހަރު

އަޒްމީންގެ ފޮތުގެ ބޭރުގަނޑު---

އަންނަ މަހުގެ އެކަކުން 16އަށް މާލެގައި ބާއްވާ ސާފް ޗެމްޕިއަންޝިޕާ ދިމާކޮށް ތަޖުރިބާކާރު ކުޅިވަރު ނޫސްވެރިޔާ އަދި ކޮމެންޓޭޓަރު އަބްދުﷲ އަޒްމީން ލިޔެފައިވާ ހާއްސަ ފޮތެއް ނެރެފިއެވެ.

ރާއްޖޭގެ ފުޓުބޯޅައިގެ ތާރީހުގައި ހޯދާފައިވާ އެންމެ ބޮޑު ކާމިޔާބީ ކަމުގައިވާ 2008 އަދި 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕު ކާމިޔާބު ކުރުމާ ގުޅޭ ގޮތުން އަޒްމީން ލިޔެފައިވާ ފޮތް ނެރެދެއްވީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފޯރިގަދަކުރުމުގެ ގޮތުން އެފްއޭއެމްއިން ވަނީ މިފޮތް ހިލޭ ބެހުމަށް ނިންމާފައެވެ.

މިފޮތުގައި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނުކުތުމުގެ ކުރިން ގައުމީ ޓީމާ، މީޑިއާތައް އަދި އެފްއޭއެމްއިން ކުރި މަސައްކަތައް އަލިއަޅުވާލާފައިވެއެވެ.

މީގެ އިތުރުން 2018 ވަނަ އަހަރުގެ މުބާރާތުގެ ތައްޔާރީތަކާ މުބާރާތް ކާމިޔާބުކުރުމަށް ކުރި އުނދަގޫ ދަތުރުގެ މައުލޫމާތު އަޒްމީން ވަނީ ހިއްސާކޮށްފައެވެ.

މިފޮތަކީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕު ކާމިޔާބީއަށް ހާއްސަކޮށްގެން ލިޔުނު ފޮތެކެވެ. ނަމަވެސް ފޮތް ލިޔެ ނިމިފައި ވަނިކޮށް 2018ގައި ތަށި ހޯދުމާ ގުޅިގެން އެއަހަރުގެ ކާމިޔާބީ ވަނީ ފޮތުގައި ހިމަނާފައެވެ.

comment ކޮމެންޓް