ލޯބި ވެވިއްޖެކަން އެނގޭނީ ކިހިނެއް؟

ލޯބި ވެވުމަކީ ތަފާތު އިހްސާސެކެވެ. އެކި މީހުންނަށް ލޯބި ވެވެނީ އެކި ގޮތް ގޮތަށެވެ. ލޯބި ވެވުމުން ކުރެވެނީ ތަފާތު ތަޖުރިބާ ތަކެކެވެ. ބައެއް ފަހަރު ލޯބި ވެވުނަސް އެ އިހްސާސް ދެނެގަންނަން ބައެއް މީހުންނަށް އުނދަގޫ ވެއެވެ. މީހެއް ދެކެ ލޯބި ވެވިއްޖެކަން ގަބޫލުކުރަން އުނދަގޫވެއެވެ.

ގިނަ މީހުންނަށް ލޯބި ވެވުމުން ގިނަ ފަހަރު އެ ފަރާތެއްގެ ޚިޔާލުގައި އަބަދުހުރެވެއެވެ. ނަމަވެސް އެއީ ލޯބި ކަން ޔަގީން ކުރަން އުނދަގޫ ވަނީ އެފަދަ އިހްސާސްތައް ކުރިން ކުރެވިފައި ނުހުންނާތީއެވެ. އެހެންކަމުން މިލިޔުމުގައި ތިބާއަށް ލޯބި ވެވިއްޖެކަން ޔަގީން ކުރަން ބޭނުން ނަމަ ބަލާލަންވީ ބައެއް ކަންކަމަށް އަލި އަޅުވާލާނަމެވެ.

1. ލޯބިވާ ފަރާތް ކައިރީގައި ހުންނައިރު އެ ނޫން އެހެން މީހަކަށް ނޫނީ ނުބެލުން

މިއީ ލޯބި އިމްތިހާނު ކުރަން ބޭނުން ކުރެވިދާނެ ކަމެކެވެ. ސައިކޮލޮޖިސްޓް އެއް ކަމަށްވާ މާކް ހެސްޓާ ބުނާ ގޮތުގައި މިއީ ލޯބި ވާކަން ޔަގީން ކުރެވިދާނެ ކަމެކެވެ. އަދި އެއީ ލޯބިވާ ކަމުގެ ހެއްކެކެވެ. ލޯބިވާ މީހަކާއި ދިމާލަށް ބެލުމުން ތިބާއަށް ހަމައެކަނި ފެންނާނީ އެ މީހާގެ ސިފައެއް ނޫނެވެ. އެމީހަކާއި އެކީ ތިބާގެ މުސްތަގްބަލެވެ. އެމީހަކާއި އެކީ ތިބާ މުސްތަގްބަލް އާރާސްތު ކުރާނެ ގޮތެވެ.

2. ތިބާ ލޯބިވާ ފަރާތަށްޓަކައި ކޮންމެކަމެއް ކުރަންވެސް ތައްޔާރަށް ހުރުން

ވަކި މީހެއްގެ އުފަލަށްޓަކައި ތިބާ ގަޔާ ނުވާ ކަންކަން ކުރެވެންޏާ އެއީ އެމީހެއް ދެކެ ތިބާ ލޯބިވާ ކަމުގެ ހެއްކެކެވެ. ތިބާ ލޯބިވާ ފަރާތާ އެކީ ވަގުތު ހޭދަކުރުމުގެ ނިޔަތުގައި ނުވަތަ އެ ފަރާތް އުފާކުރުމުގެ ގަސްދުގައި ތިބާ ކުރާ ހިތް ނުވިޔަސް ބައެއް ކަންކަން ކުރެވޭ ފަހަރު އާދެއެވެ. އެ މީހަކާ އެކީ ގިނަ ވަގުތު ހޭދަކުރުމަށް އެދެވޭނެއެވެ. އެއީ ލޯބީގެ ނިޝާނެކެވެ.

3. އެ މީހެއްގެ ޚިޔާލުގައި ހުރެވުން

ކުރިންވެސް ބުނެވުނު ފަދައިން މިއީ ލޯބިވެވުމުން ވަރަށް ގިނައިން ދިމާވާ ކަމެކެވެ. އެ ޚިޔާލުތަކުގައި ހުރެ ހިނިތުންވެވޭ ފަހަރު ނުހަނު ގިނައިން އަންނާނެއެވެ. އެމީހަކާ މެދު ޚިޔާލު ކުރާ ހިތްވާނެއެވެ. އެހެން ކަމުން މީހަކު ދެކެ ލޯބި ވެވިއްޖެ ނަމަ މިއީ ނުހަނު ފަސޭހައިން އެކަން ދެނެގަނެވިދާނެ ގޮތެކެވެ.

4. އެމީހެއްގެ އުފާވެރިކަމަށް އަބަދުވެސް އެދެވުން

ލޯބިވާ ކޮންމެ މީހަކީ ތިބާއަށް ލިބޭނޭ މީހެއް ނޫނެވެ. ނަމަވެސް އޭގެ މާނައަކީ ތިބާއަށް އެމީހަކު ދެކެ ލޯބި ނުވެވޭނެއޭ ނޫނެވެ. ތިބާ އަށް އެމީހެއްގެ ލޯބި ނުލިބުނަސް އެމީހެއްގެ އުފާވެރިކަމަށް އަބަދުވެސް އެދެވެންޏާ އެއީ ތިބާ އެމީހަކު ދެކެ ވާ ލޯބީގެ އަލިގަދަ ހެއްކެކެވެ.


5. އެކީގައި ހޭދަކުރެވޭ ވަގުތުތަށް މާ އަވަސްވާހެން ހީވުން.

މިއީ ވެސް ނުހަނު ގިނައިން މެދުވެރިވާ ކަމެކެވެ. ލޯބިވާ މީހަކާއެކީ ކިތަންމެ ގިނަ ވަގުތު ތަކެއް ހޭދަކުރެވުނު ނަމަވެސް ހޭދަ ކުރެވެނީ ގިނަ ވަގުތު ތަކެކޭ ހީ ނުވެދާނެއެވެ. އެއީ އެމީހަކާ އެއީ ގިނަ ވަގުތު ތިބާ ހޭދަކުރަން ބޭނުން ވާތީއެވެ. އެމީހަކާ މެދު ތިބާ ގަޔާވާތީއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު