ބަރަހަނާ ވީޑިއޯ ނުހަދަން، އެއީ ބަޔަކު އަހަރެން ބޭޒާރުކޮށްލަން ކުރި ކަމެއް: ނަބީލް

ފެބްރުއަރީ 15، 2021: ކްރިމިނަލް ކޯޓު -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓިކްޓޮކް ބަރަހަނާ ވީޑިއޯ ހަދައި އާންމުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ހުރި މުހައްމަދު ނަބީލް އެކަމަށް އިންކާރުކޮށްފިއެވެ.

މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 36 އަހަރުގެ މުހައްމަދު ނަބީލެވެ.

އޭނާއަށް ބަންދުގެ މުއްދަތު ޖަހަން ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ ބަރަހަނާކޮށް ޓިކްޓޮކް ވީޑިއޯ ހަދާފައިނުވާނެ ކަމަށް ބުނެފައެވެ.

ކޯޓުގައި ނަބީލް ބުނީ ޓިކްޓޮކަށް ތިން މިނެޓުގެ ވީޑިއޯ ނުލެވޭ ކަމަށާއި ލެވެނީ 60 ސިކުންތުގެ ވީޑިއޯ ކަމަށެވެ. އޭނާ ބުނި ގޮތުގައި އެ ވީޑިއޯއަކީ އޭނާ ބޭޒާރުކޮށްލުމަށް، ބަޔަކު އޭނާގެ މޫނު ބޭނުންކޮށްގެން ހަދައިގެން އުޅޭ ވީޑިއޯއެކެވެ.

ނަބީލް ވަނީ އޭނާ އަންހެން ހެދުން އަޅައިގެން އުޅޭ ކަމަށް އެއްބަސްވެފައެވެ. އަދި އޭނާއަށް މަރުގެ އިންޒާރުދީފައިވާ ކަމަށް ވެސް ބުންޏެވެ.

ޝަރީއަތުގައި ފުލުހުން ވަނީ ބަރަހަނާވި ވީޑިއޯގައި ނަބީލް ލައިގެން އުޅުނު ކަމަށް ބުނާ އަންނައުނު، އޭނާ ދިރިއުޅޭ ކޮޓަރިން ފެނިފައިވާ ކަމަށް ބުނެފައެވެ.

comment ކޮމެންޓް