ޓްރީ ޓޮޕް ހޮސްޕިޓަލުން ނަރުހުންގެ ދާއިރާއިން ސްކޮލަޝިޕްް ފުރުސަތުތަކެއް ހުޅުވާލައިފި

ޓްރީ ޓޮޕް ހޮސްޕިޓަލް-- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޓްރީ ޓޮޕް ހޮސްޕިޓަލުގެ ހިދުމަތުގައި އެންމެ ގިނަ މުވައްޒަފުން ހަރަކާތްތެރިވާ އެއް ފަރާތަކީ ނަރުހުންނެވެ. ނަރުހުންނަކީ ސިއްހީ ހިދުމަތުގައި މުހިންމު ރޯލެއް އަދާކުރާ ބައެކެވެ.

ޓްރީ ޓޮޕްގެ ހިދުމަތްތައް ފެށުމާއެކު ނަރުހުންގެ ހިދުމަތް އަދި ހާއްސަކޮށް ސްޕެޝަލިސްޓް ނަރުހުންގެ ހިދުމަތް ފުޅާކުރުމަށްޓަކައި ރެޖިސްޓާޑް ނަރުހުން އަދި މިޑް ވައިފްގެ އެހީތެރިކަން ހޯދުމަށްޓަކައި ހުއްޓުމެއް ނެތި ނަރުހުން ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެގޮތުން ތައުލީމާއި ތަމްރީނުގެ ރޮނގުން ނަރުހުން ބާރުވެރިކޮށް، ނަރުހުންގެ ހިދުމަތް ފުޅާކުރުމަށް ޓްރީ ޓޮޕް ހޮސްޕިޓަލުން ދަނީ ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސިއްހީ ހިދުމަތް ފޯރުކޮށްދިނުމުގައި ނަރުހުން އަދާކުރާ މުހިންމު ދައުރު ފާހަގަކޮށް ނަރުހުންގެ ދާއިރާއިން ހާއްސަ ސްކޮލަޝިޕްތަކެއް، ޑިޕްލޮމާ އަދި އަންޑަރ ގްރެޖުއެރޓް ޑިގްރީގެ ގޮތުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ވިލާ ކޮލެޖާ ގުޅިގެން ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކޮލަޝިޕްތަކަކީ ސިއްހީ ދާއިރާއިން މަތީ ތައުލީމު ހާސިލްކުރުމުށް ބޭނުންވާ ދަރިވަރުންނަށް އެކަމަށް މަގުފަހުވެގެންދާނެ ފުރުސަތެއް ކަމުގައި ޓްރީ ޓޮޕް ހޮސްޕިޓަލުން ދެކެއެވެ.

ސްޕޮންސަޝިޕް ތަފްސީލް

  • ބީއެސްސީ (އޮނާސް) ނާސިންގް (އިންޓަރނޭޝަނަލް) ޓޮޕް-އަޕް، ސެޕްޓެމްބަރ 2021 އިންޓޭކް
  • ޑިޕްލޮމާ އިން ނާސިންގް 2021 އިންޓޭކް

ޝަރުތު

އިހުތިޔާރުކުރާ ކޯހަށް އެދޭ ފަރާތަކީ؛

  • ދިވެހި ރައްޔިތެއް ކަމުގައި ވުން
  • ކޯހަށް އެދޭ ފަރާތަކީ ވިލާ ކޮލެޖުން އެޑްމިޝަންގެ އެންމެހައި ކަންތައް ފުރިހަމަ ކުރުމަށް ފަހު، ކޯހުން ޖާގަ ލިބިފައިވާ ފަރާތެއް ކަމުގައިވުން.
    • ބީ.އެސް.ސީ ނަރސިންގް (2 އަހަރު)
    • ޑިޕްލޮމާ އިން ނަރސިންގް (3 އަހަރު)
  • އަލަށް ކޯހަށް ވަންނަ އަދި މިހާރު ކިޔަވަމުންދާ ދަރިވަރުންނަށްވެސް ކޯހަށް ހުށަހެޅިދާނެ
  • ކޯހަށް އެދޭ ފަރާތަކީ އެހެން ސްކޮލާޝިޕެއް ލިބި ތައުލީމު ހޯދަމުންދާ ނުވަތަ ވިލާ ކޮލްޖް ނޫން އެހެން ތަނަކުން ތައުލީމު ހާސިލްކުރަމުންދާ ފަރާތަކަށް ނުވުން

ޕްރޮގްރާމްގެ ބައިވެރިވުމަށް ޝަރުތު ފުރިހަމަވޭތޯ ބެލުމަށް ނުވަތަ ޕްރޮގްރާމަށް ޝައުގުވެރިވާ ފަރާތްތަކުން، 23 ސެޕްޓެންބަރ 2021 ވާ ބުރާސްފަތި ދުވަހުގެ 1700 ކުރިން [email protected] އީމެއިލް އެޑްރެހަށް މެއިލް ކުރަންވާނެއެވެ.

ކޯހަށް އެދި ހުށަހަޅަންޖެހޭ ލިޔުންތަކަކީ އެޓެސްޓްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓް، އެޓެސްޓްކޮށްފައިވާ ދިވެހި ރަތްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ، ޕާސްޕޯޓް ސައިޒް ފޮޓޯ، ފުރިހަމަކޮށް ސޮއިކޮށްފައިވާ އެޕްލިކޭޝަން ފޯމް އަދި ކޯހަށް ހޮވުނު ކަމަށް ކޮލެޖުން ދޫކޮށްފައިވާ ސިޓީ ޕޮލިސް ރިޕޯޓެވެ.

comment ކޮމެންޓް