ޓީވީ ޕްރޮގްރާމަކަށް އަޖޭ ރާއްޖެއަށް!

އަޖޭ ދޭވްގަން

ބޮލީވުޑުގެ ތަރި އަޖޭ ދޭވްގަން އިންޓު ދަ ވައިލްޑް ޓީވީ ޕްރޮގްރާމުގެ ޝޫޓިން އަށް ރާއްޖެ އަތުވެއްޖެއެވެ.

އެ ޝޯގެ ޝޫޓިން އަށް އަޖޭ ރާއްޖެ އައިސްފައިވަނީ އިއްޔެއެވެ. އެންމެފަހުން އެ ޝޯގައި ބައިވެރިވެފައިވަނީ އަކްޝޭ ކުމާރު އަދި ރާޖިނިކަތު އެވެ. އެ ޝޯ އަކީ ޑިސްކަވަރީ ޗެނަލުން ދައްކާނެ ޝޯ އެކެވެ.

އެ ޝޯގެ ހޮސްޓަކީ އިނގިރޭސި އެޑްވެންޗަރާ ބެއާ ގްރިލްސްއެވެ. އަދި ގްރިލްސް އާއި އަޖޭގެ ސަވައިވަލް ޓެސްޓުތަކެއް އެ ޝޯއިން ފެނިގެންދާނެއެވެ.

އަޖޭ ދޭވްގަން އަދި ބެއާ ގްރިލްސް

އިންޓު ދަ ވައިލްޑް ޝޯގައި މީގެ ކުރިން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އުމުރުން 52 އަހަރުގެ އަޖޭ ދޭވްގަން މިހާރުވެސް އަންނަނީ ވަރަށް ގިނަ ޕްރޮޖެކްޓުތަކުގައި މަސައްކަތް ކުރަމުންނެވެ. އޭގެތެރޭގައި "މައިދާން" އަދި "މޭޑޭ" ހިމެނެއެވެ.

comment ކޮމެންޓް