ޓިކްޓޮކުގައި ބަރަހަނާވި މީހާގެ ބަންދަށް 15 ދުވަސް

ޓިކްޓޮކް--

ޓިކްޓޮކްގައި ބަރަހަނާ ވެގެން އުޅުނު މީހާގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެއީ 36 އަހަރުގެ މީހެއް ކަމަަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރޭގެ ވަގުތެއްގައެވެ.

ދިވެއްސަކު ޓިކްޓޮކްގައި ބަރަހަނާ ވާ ވީޑިއޯއެއް އާންމުވެފައިވަނީ މި މަހުގެ 8 ވަނަ ދުވަހުއެވެ. އެހެންނަމަވެސް ޓިކްޓޮކް ގަވައިދުގައި ބަރަހަނާ ވީޑިއޯ އާންމު ކުރުމަކީ މަނާ ކަމަކަށް ވާތީ އޭނާގެ އެކައުންޓު ވަނީ ބޭން ކޮށްފައެވެ.

މި މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުން ކަމުގައި ވެސް ފުލުހުން ބުނެއެވެ.

comment ކޮމެންޓް