ލޯ ކައިރި ކަަޅުކޮށް ހުރޭތަ؟ މިކަމަށް ހައްލު ބޭނުންތަ؟

ކޮންމެ މީހަކީ ވެސް ރީތި ވާން މަސައްކަތް ކުރާނެ މީހެކެވެ. އެގޮތުން މޫނުގައި ހުންނަ ކުލައަށްވުރެ ލޯ ކައިރި ކަޅުކޮށް ހުރުމުން މިކަމަށް ހައްލު ހޯދަން ގިނަ ބަޔަކު މަސައްކަތް ކުރެއެވެ. އެހެންކަމުން، އަގު ބޮޑެތި ކުރީމް ފަދަ އެއްޗެހި ގަނެގެން ލޯ ކައިރީގައި އުނގުޅައެވެ. ނަމަވެސް ހަރަދު ކުޑަ ގޮތެއްގައި ލޯކައިރީގެ ކަޅުކަން ފިލުވުމަށް ހައްލު ހޯދިދާނެއެވެ.

އެގޮތުން، ރޯކިރަކީ ލޯކައިރި ކަޅުކަން ފިލުވުމަށް އެހީވެދޭނެ އެންމެ މުހިއްމު އެކައްޗެވެ. ރޯކިރު ފުރިޖަށްލުމަށްފަހު ގަނޑުކުރުމަށް ފަހުގައި ޓިޝޫ އަކަށް އެޅުމަށްފަހު ހަތް މިނެޓް ވަންދެން ލޮލުގެ ތިރީގައި އަޅާފައި ބާއްވަން ވާނެއެވެ.

މީގެ އިތުރުން، ބިހުގެ ހުދުބަޔަކީ ލޯކައިރި ކަޅުކަން ފިލުވައިދިނުމަށް ބޭނުންކުރެވޭނެ އެއްޗެކެވެ. ހަމައެހެންމެ ބިހުގެ ހުދުބަޔަކީ މޫނުގައި ނަގާފައި ހުންނަ ބިހިތައް ފިލުވައިދިނުމުގެ އިތުރުން މޫނުގެ ހަންގަނޑު އޮމާން ކޮށްދޭ އެއްޗެކެވެ. ބިހުގެ ހުދުބައި ނެގުމަށްފަހު އޮށޯވެ އޮވެގެން ލޯކައިރީގައި ފަނަރަ މިނެޓް ވަންދެން އުނގުޅާފައި ބަހައްޓަން ވާނެއެވެ. އެއަށް ފަހު، ހޫނު ފެނުން ފިލުވާލަން ވާނެއެވެ.

ހަމައެހެންމެ، ގްރީން ޓީ އަކީ ލޯކައިރި ކަޅުކަން ފިލުވުމަށް އެހީވެދޭ އެއްޗެކެވެ. އެގޮތުން، ގްރީން ޓީ ގިރުމަށްފަހުގައި އައިސް ކިއުބް އަޅާ ތައްޓަކަށް އެޅުމަށްފަހު ގަނޑު ކުރަން ވާނެއެވެ. އެއަށް ފަހު، މޫނުގައި ފަނަރަ މިނެޓް ވަންދެން އެ ކިއުބްތައް ހާކާލަން ވާނެއެވެ. އަދި ގްރީން ޓީ ސައިފަތް ޕެކެޓެއް ލޯ މަތީގައި އަޅާފައި ބޭއްވުމުން ލޯކައިރި ކަޅުކަން ފިލުވައިދޭނެއެވެ.

ކެޕްޝަން..

ކިއުކަމްބާ އަކީ ވެސް ލޯ ކައިރި ކަޅުކަން ފިލުވައިދިނުމަށް މަސައްކަތް ކޮށްދޭ އެއްޗެކެވެ. އެގޮތުން ކިއުކަމްބާ ލޯ މަތީގައި ދިހަ މިނެޓް ވަންދެން ބާއްވާލަންވާނެއެވެ. ހަމައެގޮތަށް އަލުއްވަކީ ވެސް ލޯ ކައިރީގައި ބޭއްވުމުން ލޯ ކައިރި ކަޅުކަން ފިލުވައިދިނުމަށް އެހީވެދޭ އެއްޗެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު