މިސްކިތެއްގައި ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރުދިން މައްސަލަ ބަލަނީ

ނޫރު މިސްކިތުގެ ތަނބެއްގައި ބޮމެއް ގޮއްވާލާނެ ކަމުގެ އިންޒާރެއް -- ސަން ފޮޓޯ

މާލޭގެ މިސްކިތެއްގައި ބޮމެއް ގޮއްވާލާނެކަމުގެ އިންޒާރުވާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ ބޮމެއް ގޮއްވާލާނެކަމުގެ އިންޒާރުދީ، ލިޔުމެއް ލިޔެފައިވާ މައްސަލައެއް ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.

އިންޒާރުދީ ލިޔުމެއް ލިޔެފައިވަނީ ނޫރު މިސްކިތު ތަނބެއްގައެވެ. އޭގައި ވަނީ ރާއްޖޭގައި ގަދަ ވާނީ "ބަންގާޅީން" ކަމަށާއި އެމީހުން ބޭނުން ގޮތެއް ހަދާނެ ކަމަށެވެ.

ދިވެހިން ލިޔެފައިވާ މި އިންޒާރުގައި ވަނީ ވަރަށް އަވަހަށް ބޮމެއް ގޮއްވާލައި، "ދިވެހި ގައުމު ސުންނާފަތި" ކޮށްލާނެ ކަމަށް ބުނެފައެވެ.

މި މައްސަލައިގައި ބަލަންޖެހޭ ކަން ކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް