އަނގައިން ނުބައި ވަސް ދުވާނަމަ ހައްލު!

ވާހަކަ ދައްކާއިރު އަނގައިން ނުބައި ވަސްދުވާނަމަ، އަނެކާއަށް އުނދަގޫ ވާނެއެވެ. އެހެންކަމުން ތިބާއާ ކައިރީގައި ހުންނަން އުނދަގޫ ވާނެއެވެ. އަނގައިން ނުބައި ވަސްދުވާނަމަ މި ކަމަށް ހައްލު ލިބޭނެގޮތްތަކެއް ހުރެއެވެ.

ކޮންމެ މީހަކު ވެސްް މަދުވެގެން ދުވާލަކު ދެފަހަރު ދަތް އުނގުޅި ނަމަވެސް ބައެއް ފަހަރު ދުލުގައި ބުރުސް ހާކަން ހަނދާން ނެތެއެވެ. ނަމަވެސް ދުލަކީ އޭގައި ބުރުސް ހޭކުމުން އަނގައިން ދުވާ ނުބައި ވަސް ކަނޑުވައިދޭކަމެކެވެ. ސަބަބަކީ، ދުލުގައި ހުންނަ ރެސިޑިއުތައް ފިލުވާލަދޭތީއެވެ.

ހަކުރަކީ ކެއުމުގައި ބޭނުންކުރުމުން އަނގައިގެ ވަސް އިތުރަށް ނުބައި ކޮށްދޭ އެއްޗެކެވެ. އެގޮތުން އަނގައިގައި ގިނަ ޖަރާސީމުތައް ހަކުރުގެ ސަބަބުުން އުފެދެއެވެ.

ބައެއްފަހަރު އަނގައިން ނުބައިވަސް ދުވާނަމަ ޗުއިން ގަމް ކަން ހެއްޔެވެ؟ ޗުއިން ގަމް ކާއިރު، ހަކުރު ނުލައި ހުންނަ ޗުއިން ގަމް ކެވޭތޯ ބެލުން މުހިއްމެވެ.

އަނގައިން ނުބައިވަސް ދުވާ އަނެއް ކަމަކީ، ޑައިޓް ކުރާއިރު ކާބް އަދި ޕްރޮޓީން ހުންނަ ބާވަތްތައް ބޭނުންކުރުމުގެ ބަދަލުގައި ފެޓްސް ހުންނަ ބާވަތްތައް ބޭނުންކުރާތީއެވެ. އެހެންކަމުން ޕާން ފަދަ އެއްޗެހި ކާންވާނެއެވެ.

މީގެ އިތުރުން ގިނަ ވަގުތު ފެން ނުބޯނަމަ އަނގައިގައި ވަސް ނުބައި ވާނެއެވެ. އެހެންކަމުން ގިނައިން ފެން ބޯންވާނެއެވެ. ހަމައެހެންމެ، އިނގުރު ފެން އަދި ލުނބޯ ޖޫހަކީ ވެސް އަނގައިން މީރު ވަސް ދުއްވައިދިނުމަށް އެހީވެދޭ އެއްޗެެހިއެވެ.

ހަމައެއާއެކު، ފޮނިތޮއްޓަކީ ވެސް އަނގައިގާ ހުންނަ ޖަރާސީމުތައް ނައްތާލަދީ ނުބައި ވަސް ކަނޑުވައިދޭ ކަމެކެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު