އެންމެ ފަހުގެ ގެލްކްސީ ޒީ ފޯލްޑް-3 ޕްރީއޯޑަރަށް ދިރާގުން ހުޅުވާލައިފި

ސެމްސަން ގެލެކްސީއިން އެންމެ ފަހުން ތައާރަފްކުރި ގެލެކްސީ ޒީ ފޯލްޑް-3 --

ސެމްސަން ގެލެކްސީއިން އެންމެ ފަހުން ތައާރަފްކުރި ގެލެކްސީ ޒީ ފޯލްޑް-3 އަކަށް ޕްރީއޯޑަރު ކުރުމުގު ފުރުސަތު ދިރާގުން މިއަދު ހުޅުވާލައިފިއެވެ.

އެގޮތުން ދިރާގުން ބުނީ އެންމެ ފަހުގެ ފޯނު ދިރާގު އީޝޮޕް ވެބްސައިޓުން ޕްރީއޯޑަރު ކޮށްލެވޭނެކަމަށެވެ.

ދިރާގު މެދުވެރިކޮށް ފޯނުތައް ޕްރީއޯޑަރުކުރާ ކަސްޓަމަރުންނަށް 10 ޖީބީ ހިލޭ ޑޭޓާ ހަ މަސްދުވަހުގެ މުއްދަތައް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދިރާގުން މި ފޯނަށް ޕްރީއޯޑަރު ކުރާ ކަސްޓަމަރުންނަށް ގެލެކްސީ ބަޑްސް-2 ހަދިޔާއެއްގެ ގޮތުގައި ދިނުމަށް ވެސްވަނީ ނިންމާފައެވެ.

މިއީ ސެމްސަންގްގެ ފައްޖަހާލެވޭ ފޯނުތަކުގެ ތިންވަނަ ޖެނެރޭޝަންގެ ފޯނެކެވެ. އެގޮތުން މި ފޯނުން ކަސްޓަމަރުންނަށް މޮބައިލް ފޯނު ގެންގުޅުމުގައި މުޅިން އާ ތަޖުރިބާއެއް ކޮށްލެވޭނެއެވެ.

މީގެ އިތުރުން މި ފޯނަކީ ދުނިޔޭގެ ފުރަތަމަ އަންޑާ ޑިސްޕްލޭ ކެމެރާއެއް ހިމެނޭ ފަތްޖަހާލެވޭ ފޯނެވެ. 7.6 އިންޗި "އިންފިނިޓީ ފްލެކްސް" ޑިސްޕްލޭއެއް މި ފޯނުގައި ހިމެނޭއިރު ގެލެކްސީ ފޯލްޑް-3 އަށް ސެމްސަން ގެލެކްސީ އެސް ޕެން ވެސް ސަޕޯޓްކުރާނެއެވެ.

comment ކޮމެންޓް