ޓްރެފިކް ލައިޓަށް މަޑުނުކޮށް ދިޔަ ސައިކަލެއް އެކްސިޑެންޓުވެއްޖެ

ފެބްރުއަރީ 24، 2021: މާލެ/ހުޅުމާލެ ހައިވޭއިން ބަޔަކު މާލެ އަންނަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސިނަމާލޭ ހައިވޭގައި ހުރި ޓްރެފިކް ލައިޓު ރަތް ވުމުން، މަޑުނުކޮށްދިޔަ ސައިކަލެއް އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓް ހިނގާފައިވާކަމުގެ ރިޕޯޓު ލިބިފައިވަނީ ރޭ ދަންވަރު 12:45 ހާއިރު ކަމަށެވެ.

ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވެރިވީ ހުޅުލެ ޓްރެފިކް ލައިޓު ރަތް ވުމުން، މަޑުނުކޮށް ދިއުމުން، ހުޅުމާލެއިން އެއާޕޯޓަށް ދިޔަ ސައިކަލަކާ ޖެހިގެންނެވެ.

އެކްސިޑެންޓްވި ދެ ސައިކަލުގެ ތެރެއިން އެކަކަކީ އުމުރުން 31 އަހަރުގެ ލައިސަންސް ނޯންނަ މީހެކެވެ. އަދި އަނެއް ސައިކަލު ދުއްވަން އިނީ 24 އަހަރުގެ ޒުވާނެކެވެ. އޭނާ އަތުގައި ލައިސަންސް އޮތް ކަމަށް ފުލުހުން ބުނެއެވެ.

އެކްސިޑެންޓްގައި ދެ މީހުންނަށް ވެސް ވަނީ އަނިޔާވެ، ހޮސްޕިޓަލުގައި ފަރުވާ ދީފައެވެ. އެގޮތުން ފުލުހުން ބުނީ އެކަކު ޓްރީޓޮޕް ހޮސްޕިޓަލަށް އަދި އަނެކަކު ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށެވެ.

އެކްސިޑެންޓުވި ދެ ސައިކަލު ޓޯވކޮށް ފުލުހުން އަންނަނީ އެކްސިޑެންޓު ހިނގައިދިޔަ ގޮތް ތަހުގީގުކުރަމުންނެވެ.

comment ކޮމެންޓް