ޑެޑްޕޫލަށް ވުލްވަރީން ވެސް އަންނަނީ

ޑެޑްޕޫލް ފިލްމުން ވުލްވަރިން ފެންނާނެކަން އެނގުމުން ފޭނުން ތިބީ ކެތް މަދުވެފައި

މާވެލްގެ މަޝްހޫރު "ޑެޑްޕޫލް" ފްރެންޗައިޒް އަށް އެކްސްމެންގެ ވުލްވަރިން އަންނާނެ ކަމަށް އިއުލާން ކޮށްފިއެވެ.

ޑެޑްޕޫލްގެ ތިންވަނަ ބައެއް ނެރޭނެ ކަމަށް އިއުލާން ކުރަން ނެރުނު ޓީޒާއިން ވަނީ ފޭނުންނަށް ތަފާތު ގިނަ ސަޕްރައިޒްތަކެއް ލިބިފައެވެ.

އެންމެ ބޮޑު ސަޕްރައިޒް އަކަށް ވެގެން ދިޔައީ ޑެޑްޕޫލްގެ ރޯލުން ފެންނަ ރާޔަން ރޭނޮލްޑްސް ކައިރީގައި އިން އެކްޓަރެވެ. ފިލްމު އިއުލާނު ކުރުމަށް ނެރުނު ޓީޒާގައި ރާޔަން ގާތުގައި ވުލްވަރިންގެ ރޯލުން ފެނުނު ހިއޫ ޖެކްމަން އިނެވެ.

އަދި ތިންވަނަ ޑެޑްޕޫލްގައި ޖެކްމަންގެ ރޯލު އަލުން ފެނިގެންދާނެ ކަމަށް ދެމީހުން އިއުލާނު ކުރިއެވެ. އަދި އެ ރޯލުން ފެނިގެންދާނެ ގޮތަށް ވެސް ކޮންމެވެސް ވަރަކަށް އަލި އަޅުވާލައެވެ.

ނަމަވެސް ދެމީހުންގެ ވާހަކަ އިތުރަށް ދިގު ކުރުމުގެ ބަދަލުގައި ޓީޒާގައި އިތުރު ވާހަކައެއް އަޑު ނީވޭނެ ގޮތަށް އޯޑިއޯ އަޅާފައި ވެއެވެ.

ޑެޑްޕޫލްގެ ތިންވަނަ ބައެއް ނެރުމަށް މިހާރު ތާވަލުކޮށްފައިވަނީ އޮކްޓޫބަރު 2024 ގައެވެ.

ވުލްވަރިންގެ ރޯލުން ފެންނާނެ ކަމަށް އިއުލާނު ކުރުމަކީ ފޭނުންގެ ބޮޑު ޝޮކަކަށް ވެގެން ދިޔަ ކަމެކެވެ. ސަބަބަކީ ވުލްވަރިން އެންމެ ފަހުން ފެނުނު ފިލްމު ލޯގަން، 2017 ގައި ވުލްވަރިން ކެރެކްޓަރު މަރުވެއެވެ.

އެހެންވީމާ އޭނާގެ ކެރެކްޓަރަށް ދެން ވާނެ ގޮތެއް އެނގޭނީ ފިލްމު ނެރުމުންނެވެ.

comment ކޮމެންޓް