ކުދިން ހޭލުންތެރި ކުރުމާ ގުޅޭގޮތުން މެޑަމް ފަޒްނާ، ފޯކައިދޫ ޓީޗަރުންނާ މަޝްވަރާ ކުރައްވައިފި

ކުދިން ހޭލުންތެރި ކުރުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު، ފޯކައިދޫ ޓީޗަރުންނާ މަޝްވަރާ ކުރައްވައިފިއެވެ.

ށ. އަތޮޅުގެ ބައެއް ރަށްތަކަށް ރައީސް ކުރައްވަމުން ގެންދަވާ މި ދަތުރު ފުޅުގައި، ފޯކައިދޫ ސްކޫލަށް ޒިޔާރަތްކުރައްވައި ދެ ދަންފަޅީގެ ދަރިވަރުންނާއި ޓީޗަރުންނާ މެޑަމް ފަޒްނާ ބައްދަލު ކުރެއްވިއެވެ.

އެގޮތުން ފޯކައިދޫ ސްކޫލަށް ޒިޔާރަތް ކުރައްވާފައި ވަނީ މިއަދު ހެނދުނުއެވެ.

އަދިގަނާކުރުމާ ބެހޭގޮތުންނާއި، ޖިންސީ ގޯނާއަށް ހޭލުންތެރިކުރުމާ ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ދެ ވާހަކަފޮތް ފޯކައިދޫ ސްކޫލަށް އެކަމަނާ ހަދިޔާ ކުރެއްވިއެވެ.

އަދި ގަނާ ކުރުމާ ގުޅޭގޮތުން ހަދިޔާ ކުރެއްވި ފޮތް އެކުދިންނަށް އެކަމަނާ ކިޔާދެއްވިއެވެ.

ސްކޫލްގެ ޓީޗަރުންނާއެކު ބޭއްވި ބައްދަލުކުރެއްވުމުގައި މަޝްވަރާ ކުރައްވި ކަންތައްތަކުގެ ތެރޭގައި، މުޖުތަމަޢުގައި ހިނގާ ނޭދެވޭ އަމަލުތަކާއި ދޭތެރޭ ކުދިން ހޭލުންތެރިކުރުމާއި، ކެރިއަރ ގައިޑަންސް ކުދިންނަށް ކިޔާވާދިނުމުގެ މިހުންމުކަން ހިއްސާކުރެއްވިއެވެ.

ސްކޫލްގައި އަލަށް އިމާރާތްކުރަމުންދާ 12 ކްލާސްރޫމް ނިމުމުން، ޖާގައިގެ ދަތިކަމުގެ ސަބަބުން މިހާރު ދެ ދަންފަޅިއަށް ކިޔަވައިދިނުމާއި ސެން ކްލާސްތައް ހިންގުމުގައި ހުރި ދަތިތައް ހައްލުވެ، އެއް ދަންފަޅިއަށް ކިޔެވުން ކުރިޔަށް ގެންދެވޭނެ ކަން ފާހަގ ކުރައްވައި ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ސްކޫލްގެ ފަރާތުން ޝުކުރު އަދާ ކުރެއްވިއެވެ.

ފޯކައިދޫ ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލުކުރުމަށް މިހާރު އެ ސްކޫލްގައި އަލަށް އިމާރާތްކުރަމުންދާ 12 ކްލާސްރޫމާއި، މަލްޓި ޕަރޕަސް ހޯލްގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު ރައީސްގެ ދެކަނބަލުން ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މިހާރު ށ. ފޯކައިދޫއަށް ވަޑައިގަތުމަށް ފަހު، މިހާރު ވަނީ ށ. މާއުނގޫދޫއަށް ވަޑައިގަންނަވާފައެވެ.

comment ކޮމެންޓް