އަމީތާބު ހޮސްޕިޓަލުން ދޫކޮށްލައިފި

ބަނޑުގެ އޮޕަރޭޝަނެއް ކުރުމަށްފަހު ބޮލީވުޑްގެ ސުޕާ ސްޓާ އަމީތާބު ބަޗަން ހޮސްޕިޓަލުން ރޭ ދޫކޮށްލައިފި އެވެ.

މުމްބާއީގެ ހޮސްޕިޓަލެއްގައި މިމަހުގެ 11 ވަނަ ދުވަހު އެޑްމިޓްކުރި އަމީތާބް ހޮސްޕިޓަލުން ދޫކޮށްލީ، އޮޕަރޭޝަނަށްފަހު އަމީތާބްގެ ހާލަތު ރަނގަޅުވުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އަމީތާބްގެ ޓުވިޓާގައި އޭނާ ބުނެފައި ވަނީ ހޮސްޕިޓަލުން ދޫކޮށްލުމުން އުފާވާ ކަމަށެވެ.

އަމީތާބް ގޮހޮރުގެ އޮޕަރޭޝަނެއް މި ކުރީ 1982 ވަނަ އަހަރު އޭނާ ފިލްމެއް ޝޫޓްކުރަނިކޮށް ގޮހޮރަށް ލިބުނު އަނިޔާ އަކާ ގުޅިގެންނެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު