އިންޑިއާގެ ގޮތް ނޭނގެ ބަލީގެ އަސްލު ހޯދައިފި

ފީރޯޒް އާބާދުގެ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންދާ މީހުން-- ފޮޓޯ/ސީބީސީނިއުސް

އިންޑިއާގެ އުއްތަރަ ޕްރަދޭޝްގައި ފެތުރޭތާ ދުވަސްތަކެއް ވެފައިވާ ގޮތް ނޭނގޭ ބަލީގެ އަސްލު އެގައުމުން ހޯދައިފިއެވެ.

އުއްތަރު ޕްރަދޭޝްއިން މި ގޮތްނޭނގޭ ބަލިމަޑުކަމުގެ ފުރަތަމަ ކޭސް ރިޕޯޓު ކުރީ މިދިޔަ މަހުގެ 18 ވަނަ ދުވަހުގައެވެ.

މި ގޮތްނޭނގޭ ބަލިމަޑުކަމަކީ ތަފާތު ދެބައްޔެއް ކަން އެގައުމުގެ ކަމާ ބެހޭ މާހިރުންނަށް މިހާރު ވަނީ އެނގިފައެވެ.

އޭގެ ތެރެއިން އެއް ބައްޔަކީ ބެކްޓީރިއާއެއްގެ ސަބަބުން ޖެހޭ ބައްޔަކަޔަށް ވާއިރު އަނެއް ބައްޔަކީ ވައިރަހެއްގެ ސަބަބުން ޖެހޭ ބައްޔެކެވެ. އެއީ ޑެންގީ ފީވާ އަދި ސްކްރަބް ޓައިފަސްއެވެ.

ސްކްރަބް ޓައިފަސްއަކީ ކުދި ސޫފީގެ ސަބަބުން ޖެހޭ ބެކްޓީރިއަލް އިންފެކްޝަނެކެވެ.

އެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ހުން އައުމާއި ބޮލުގަ އަދި ގައިގައި ރިއްސުން ހިމެނެއެވެ.

ޑެންގީ އަކީ މަދިރި ހެފުމުން ފެތުރޭ ބައްޔެކެވެ. އޭގެ ސަބަބުން މަސްގަނޑު އަދި ހުޅުތަކުގައި ރިއްސުމުގެ އިތުރުން ހުމުގެ އަސަރުވެސް ކުރެއެވެ. އަދި ހާލު ސީރިއަސްވެއްޖެ ނަމަ ބްލަޑް ޕްލޭޓްލެޓްސްގެ އަދަދު ދަށްވެ، އެތެރެހައްޓަށް ލޭ އެޅުމުގެ ސަބަބުން މަރުވުމުގެ ބިރު ބޮޑުވެއެވެ.

އުއްތަރު ޕްރަދޭޝްގައި ފެތުރެމުން ދަނީ އެ ދެ ބަލިކަން ޔަގީން ކުރެވުމުގެ ކުރިން އެ ދެ ބަލި ޖެހިގެން ފާއިތުވި ދުވަސްތަކުގައި 100އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައިއެވެ. އޭގެ ތެރޭގައި 40 ކުޑަކުދިން ހިމެނެއެވެ. އަދި އެ ސްޓޭޓުން އަދިވެސް ދަނީ ދުވާލަކަށް 100 ކޭސް ރިޕޯޓު ކުރަމުންނެވެ.

އެ ބަލިތައް ފުރަތަމަ ފެތުރުނީ އުއްތަރު ޕްރަދޭޝްގެ ފީރޯޒް އާބާދު ޑިސްޓްރިކްޓުގައި ކަމަށްވީ ނަމަވެސް އެ ބަލިތައް މިހާރު ވަނީ އެ ސްޓޭޓުގެ އިތުރު ފަސް ސަރަހައްދަކުންވެސް ފެނިފައެވެ.

ދަ ޓައިމްސް އޮފް އިންޑިއާއިން ރިޕޯޓު ކުރި ގޮތުގައި ފީރޯޒްއާބާދުން އެކަނިވެސް އެ ދެ ބައްޔަށް 5،000 މީހުން ފަރުވާ ހޯދަމުން އެބަދެއެވެ.

comment ކޮމެންޓް