ކަލާފާނު ސްކޫލުގައި ދަރިވަރެއްގެ ބޮލަށާއި ކަރަށް ކަތުރެއް ހަރާލައިފި

ކަލާފާނު ސްކޫލް --- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ކަލާފާނު ސްކޫލްގައި ދެ ދަރިވަރެއްގެ ދެމެދުގައި ހިންގި މާރާމާރީއެއްގައި ދަރިވަރެއްގެ ބޮލަށާއި ކަރަށް ކަތުރެއް ހަރާލައި ޒަޚަމްކޮށްލައިފިއެވެ.

އިތުބާރު ހުރި މަސްދަރަކުން "ސަން"އަށް ވަނީ އެކަން ކަށަވަރުވެފައެވެ.

އެ މަރާމާރީގައި ޒަޚަމްވި ކުއްޖާއަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.

މިކަމާ ގުޅިގެން ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ މާލޭގެ ސުކޫލެއްގައި ދެ ކުއްޖެއްގެ ދެމެދުގައި މާރާމާރީއެއް ހިނގައިފައިވާކަމަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

ފުލުހުން މައްސަލައިގެ އިތުރު ތަފްސީލެއް ދީފައި ނުވާއިރު މި މައްސަލައާ ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިންގ ޑިރެކްޓަރު އަހްމަދު އަފްޢާލް "ސަން"އަށް ވިދާޅުވީ އެ ކުއްޖާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.

comment ކޮމެންޓް