ޓޮޕް މާކެޓުގެ ގޮތުގައި އިންޑިއާއާއެކު ފަތުރުވެެރިންގެ އަދަދު މިލިއަނަކާ ގާތްކުރަނީ

އޮގަސްޓް 11، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރާއްޖެއަށް ފަތުރުވެރިން އަންނަ ޓޮޕް މާކެޓެއްގެ ގޮތުގައި އިންޑިއާގެ ފަތުރުވެރިން ހިމެނޭހެން ރާއްޖެއަށް މިހާތަނަަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު މިލިއަނަކާ ހަމައަށް ގާތްކޮށްފިއެވެ.

ޓޫރިޒަމް މިނިސްްޓްރީން އާންމުކުރި ތަަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޖުމްލަ 781،325 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. އެއާއެކު ފަތުރުވެރިންގެ އަދަދު އެއް މިލިއަނަށް އަރަން ބާކީ ބޭނުންވަނީ 218،675 ފަތުރުވެރިންނެވެ.

ކޮވިޑުގެ ކުރިން ދެވަނައިގައި އޮތް ނަމަވެސް މިހާރު ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ޓޮޕް މާކެޓުގެ އެއްވަނައިގައި ވަނީ އިންޑިއާއެވެ. ދެވަނަ ގައުމެއްގެ ގޮތުގައި ރަޝިއާ އޮތް އިރު ތިންވަނައަށް އޮތީ ޖަރުމަނެވެ.

އޮގަސްޓް 11، 2021: ފަތުރުވެރިން ރާއްޖެ އައުން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މީގެ ކުރިން ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުކަމަށްވާ ޗައިނާ އޮތީ މާކެޓު ލިސްޓުގެ ފަސްވަނައިގައެވެ.

ރާއްޖެއަށް އަންނަ ފަތުރުވެރިން އެވްރެޖްކޮށް ރާއްޖޭގައި ހޭދަކުރަނީ އަށް ރޭކަމަށް ވެސް އެ މިނިސްޓްރީގެ ތަފާސް ހިސާބުގައިވެއެވެ.

ކޮވިޑް-19 ގެ ސަބަބުން މިދިޔަ އަހަރު މުޅި ދުނިޔެއަށް ކުރިމަތިވި އިގްތިސާދީ ގޮންޖެހުންތަކާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް ބޮޑެތި އަސަރުތަކެއް ވަނީ ކޮށްފައެވެ.

އެގޮތުން މިދިޔަ އަހަރު ނިމުނު އިރު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ހުރީ 555،494 ގައެވެ.

comment ކޮމެންޓް