އަންނަ ހަފްތާގައި އީސީއަށް ރައީސަކު ހޮވަނީ

އިއްޔެ ރައީސް ވަނީ އީސީގެ މެންބަރު ކަމަށް މުހައްމަދު އާސިފް އައްޔަން ކުރައްވާފަ -- ފޮޓޯ: އީސީ/ޓުވިޓާ

އިލެކްޝަންސް ކޮމިޝަންސް (އީސީ)އަށް އަންނަ ހަފްތާގައި ރައީސަކު ހޮވާނެ ކަމަށް އެ ކޮމިޝަންގެ ނައިބު ރައީސް އިސްމާއިލް ހަބީބު ވިދާޅުވެއްޖެއެވެ.

ހަބީބު "ސަން"އަށް މިހެން ވިދާޅުވީ އީސީގެ މެންބަރު ކަމަށް އިއްޔެ ހ.އިރުވައި މުހައްމަދު އާސިފް އައްޔަން ކުރެއްވި ފަހުންނެވެ. އެއާއެކު އީސީގެ ފަސް ގޮނޑިއަށް މެންބަރުން ވަނީ ހަމަވެފައެވެ.

އީސީގެ ރައީސްގެ މަގާމު މިދިޔަ ޖޫން މަހު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ޝަރީފް އިސްތިއުފާ ދެއްވުމުންނެވެ.

މާޗް 2018އިން ފެށިގެން އީސީގެ ރައީސްގެ ގޮތުގައި ހުންނެވި ޝަރީފް އޭރު މަގާމުން އިސްތިއުފާ ދެއްވި ސަބަބެއް އޭނާ ހާމަ ނުކުރައްވައެވެ.

އޭގެ ފަހުން އީސީ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ ހަބީބްއެވެ.

comment ކޮމެންޓް