ސެމްސަންގް ގެލެކްސީ ވޮޗް 4، އެޕަލް ވޮޗާ އެއްފެންވަރަކަށް

ސަމްސަން ގެލެކްސީ ވޮޗް 4

އެޕަލްގެ މަޝްހޫރު ސްމާޓް ވޮޗާ ވާދަކޮށް، ސެމްސަންގުން މިފަހަރު ނެރުނު ގެލެކްސީ ވޮޗް 4 ގެ ފީޗާތަކާއި ޑިޒައިން ވަރަށް ތަފާތުވެފައި ކޮލިޓީ އެހާމެ ރަނގަޅެވެ.

ދެ ޑިޒައިނަކަށާއި ހަތަރު ސައިޒަކަށް ފަރުމާ ކޮށްފައިވާ އެންޑްރޮއިޑް ސްމާޓްވޮޗް ގެ އަގުގެ ރޭންޖަކީ 250 އެމެރިކާ ޑޮލަރާއި 340 އެމެރިކާ ޑޮލަރެވެ. މިގަޑިއަކީ ބަރުދަނުގައި އެންމެ 25.9 ގުރާމު ހުންނަ ލުއި ގަޑިއެކެވެ. ހަމައެހެންމެ، ގަޑީގެ ރެމްގައި 1.5 ޖީބީ ހުންނައިރު، ސްޓޯރެޖްގައި 16 ޖީބީ ހިމެނެެއެވެ. އަދި އެޕަލް ވޮޗާ އެއްގޮތަށް މިއީ ފެން ނުވަންނަ ގަޑިއެކެވެ.

ގެލެކްސީ ވޮޗް 4

މީގެ އިތުރުން، މިގަޑީގައި އެކުލެވިގެންވާ ޗިޕަކީ މީގެ ކުރިން ސެމްސަންގުން ނެރުނު ގަޑިތަކަށްވުރެ %20 ފާސްޓް ޗިޕެއް އެކުލެވިގެންވާ ގަޑިއެކެވެ.

ހަމައެއާއެކު، ގަޑީގެ ޗާޖު 38 ގަޑިއިރު ވަންދެން ހިފަހައްޓާނެ ކަމަށް ސެމްސަންގުން މައުލޫމާތު ދިނެވެ. އަދި ޕަވާ ސޭވިން މޯޑް ފީޗާ މިގަޑީގައި ހިމަނާފައިވެއެވެ.

ސެމްސަންގް ވޮޗް 4 ގެ ހެލްތު ފީޗާސްތަކުގެ ތެރޭގައި ހިތުގެ ވިންދު ބެލުމާއި ބްލަޑް އޮކްސިޖެން ލެވެލް ބަލާލެވޭނެ ގޮތް ހަދާފައިވުން ހިމެނެއެވެ.

comment ކޮމެންޓް