އައްޑޫ އިސް މެޖިސްޓްރޭޓު، މޭޔަރާ ބައްދަލު ކުރެއްވި މައްސަލަ ޖޭއެސްސީން ބަލަނީ

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު --- ފޮޓޯ: ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ހާޝިމްއާ ބެހޭ ގޮތުން ހުށަހަޅާފައިވާ ސުލޫކީ މައްސަލަ ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީން ބުނި ގޮތުގައި އެ ކޮމިޝަނުން ބަލަނީ ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅާފައިވާ މައްސަލައެއްގައި ޝާމިލުވާ ބަޔަކާ ހާޝިމް ބައްދަލު ކުރެއްވި ކަމަށް ބުނާ މައްސަލައެކެވެ. އަދި މައްސަލަ ބަލަން ނިންމީ އެ ކޮމިޝަންގެ މައްސަލަ ބެލުމާމެދު ގޮތް ނިންމާ ކޮމިޓީންނެވެ.

"ސަން" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލަ ފެންމަތިވީ އިސް މެޖިސްޓްރޭޓު ހާޝިމް، އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރުއާ ބައްދަލު ކުރެއްވުމުންނެވެ.

ހަމައެއާއެކު އެ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައި ވަނީ އައްޑޫ އީކުއިޓޯރިއަލް ހޮސްޕިޓަލުގެ އިރުމަތީ ފަރާތާއި ހުޅަނގު ފަރާތުން ދޫކޮށްފައިވާ ބިން ކައުންސިލަށް ނެގުމާ ދެކޮޅަށް މައްސަލަ ކޯޓަށް ހުށަހެޅި މީހެއް ކަމަށްވެސް "ސަން"އަށް މައުލޫމާތު ލިބިފައިވެއެވެ.

comment ކޮމެންޓް