ޕީޕީއެމްގެ "އައްޑަނަ" ޖަލްސާއިން ސަރުކާރަށް ސިހުން!

ސެޕްޓެމްބަރ 3، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ރޭ އިދިކޮޅު މައި ޕާޓީ ޕީޕީއެމުން ބޭއްވި "އައްޑަނަ" ޖަލްސާއަކީ އާދައިގެ ޖަލްސާއެއް ނޫނެވެ. އެ ޖަލްސާއަކީ އެ ޕާޓީގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި އެންމެ ބޮޑު އެއް ޖަލްސާއެވެ. އެއާއެކު ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީއަށް މި ޖަލްސާއިން މި ވަނީ ސިހުން ގެނުވާފައެވެ. އަދި މިއީ ޕީޕީއެމްގެ އަސްލު "ސައިޒު" ދައްކުވައިދިން ޖަލްސާއެއްގެ ގޮތުގައި އިދިކޮޅުން އަންނަނީ ސިފަކުރަމުންނެވެ.

ސެޕްޓެމްބަރ 3، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ރޭގެ ޖަލްސާއަކީ މިފަދަ ބޮޑު ޖަލްސާއެއް ނުބޭއްވި ގިނަ ދުވަސްތަކަކަށްފަހު ޕީޕީއެމުން ބޭއްވި ޖަލްސާއެކެވެ. ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ބޭއްވި "މިއީ މަގޭ ރާއްޖެ" ޖަލްސާއަަށް ފަހު އެ ޕާޓީއަށް ބޭއްވުނު ބޮޑު ޖަލްސާއެވެ.

މި މުއްދަތުގެ ތެރޭގައި އެ ޕާޓީން ހަރަކާތްތަކެއް ހިންގި ނަމަވެސް އެ ހަރަކާތްތަކުން ޕާޓީގެ އާންމުން ފެނިގެން އަންނަ އަދަދުން ވެރިކަންކުރާ ޕާޓީ، އެމްޑީޕީއިން އައީ އެތައް ފާޑެއް އިދިކޮޅަށް އަމާޒު ކުރަމުންނެވެ. އެގޮތުން ޕާޓީގެ އޮފީސް ކުރިމަތީ ބާއްވާ އިހުތިޖާޖުތަކުން ފެންނަ އާންމުންގެ އަދަދުން އެ އެއްވުންތަކަކީ "އެންމެ ހަ ކެނާ" އެއްވާ އެއްވުންތަކެއްގެ ގޮތުގައި އެ ޕާޓީން ސިފަކުރެއެވެ.

ނަމަވެސް ރޭގެ ޖަލްސާއާއެކު އެ ޕާޓީން ވަނީ އެކަމަށް ވެސް ރައްދު ދީފައިކަމަށް އިދިކޮޅުން ބުނެއެވެ.

ސެޕްޓެމްބަރ 3، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ރޭ ޕީޕީއެމުން ބޭއްވި "އައްޑަނަ" ޖަލްސާގައި މައިގަނޑު ގޮތެއްގައި އަލި އަޅުވާލައިފައިވަނީ ގައުމުގެ ހާލަތާއި ގުޅޭގޮތުން ވާހަކަދެއްކުމަށެވެ. އަދި ސަރުކާރު ހިންގުމުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ވެސް އިދިކޮޅުގެ އިސްވެރިން ރޭގެ ޖަލްސާގައި ވަނީ ބަންޑުންކޮށްލާފައެވެ.

https://sun.mv/156381

"ފަޅު ރަށްތައް ވިއްކައިފި. ބިންތައް ވިއްކައިފި، ދައްޕަރު ވިއްކައިފި، އައްޑޫ ވިއްކައިފި، ހަނިމާދޫ ވިއްކައިފި، މާލެ ވިއްކައިފި، ހުޅުމާލެ ވިއްކައިފި، ސްކޫލްތައް ވިއްކައިފި، މިސްކިތް ވިއްކައިފި. ދެން ވިއްކަން އޮތީ ދިދައާއި ގައުމީ ލަވަ. އެމްޑީޕީއަކީ ޝައްކެތް ވެސް ނެތް ގޮތުގައި ހުސްކުރާ ސޭލުގެ ޕާޓީ،" ރޭގެ ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވިއެވެ.

ސެޕްޓެމްބަރ 3، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ހަމައެއާއެކު ޖުޑިޝަރީއާ ގުޅޭގޮތުން ވެސް ޖަމީލް ވަނީ ކަންބޮޑުވުން ވަނީ ފާޅުކުރައްވާފައެވެ.

ހަމައެއާއެކު ރައްޔިތުންގެ ހާލަތާ ގުޅޭގޮތުން ވެސް އެ ޕާޓީގެ އިސްވެރިން ވަނީ ވާހަކަދައްކަވާފައެވެ. އެގޮތުން އެ ޕާޓީން ތަކުރާރުކޮށް ބުނަމުން އަންނަ ގޮތުގައި މި ސަރުކާރުގެ ވެރިކަމުގައި ހޭދަވި މުއްދަތަކީ ރައްޔިތުންނަށް އެންމެ ދަތިވި އަހަރުތައްކަމަށް ވަނީ ފާހަގަކޮށްފައެވެ. ރޭ އެ ޖަލްސާގައި ވާހަކަދެއްކެވި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވެސް އޭނާގެ ވާހަކައިގައި އެކަން ވަނީ ފާހަގަކުރައްވާފައެވެ.

ސެޕްޓެމްބަރ 3، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

"ވަކިން ހާއްސަކޮށް މި ދެ އަހަރު ދުވަހުގެ ތެރޭގައި ދިވެހީން މި ހޭދަކުރި ދުވަސްތަކަކީ މިއީ ދިވެހި ރައްޔިތުން ވަރަށް ތަކުލީފު އުފުލި ދުވަސްތަކެއް، ވަރަށް ތަކުލީފު އުފުލި ދުވަސްތަކެއް،" ޝިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ރޭގެ ޖަލްސާގައި އެމްޑީޕީގެ އެންމެ ފުރަތަމަ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު ޝަމާހު ރަޝީދު ވެސް ވަނީ އިތުރު މެމްބަރުންނާއެކު ޕީޕީއެމަށް ގުޅިވަޑައިގެންފައެވެ.
މިއީ އެ ޕާޓީން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތުގެ ތެރެއިން ރޭގެ ޖަލްސާގައި ފެނިގެން ދިޔަ މިންވަރެކެވެ.

https://sun.mv/156384

ސެޕްޓެމްބަރ 3، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ކޮންމެއަކަސް ރޭގެ ޖަލްސާއަކީ އެ ޕާޓީން އެ ޕާޓީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު މިނިވަންކުރުމަށް ރައްޔިތުން ގޮވާ އަޑު ސަރުކާރަށް އިއްވުމުގެ ބޭނުމުގައި ބޭއްވި ޖަލްސާއެއްކަމަށް އެ ޕާޓީގެ އިސްވެރިން ބުނެއެވެ.

ސެޕްޓެމްބަރ 3، 2021: އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ފަރާތުން ކާނިވާ ސަރަހައްދުގައި ބޭއްވި "އައްޑަނަ" ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާާ

ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ ތެރޭ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައިވާ މި ދަނޑިވަޅުގައި ރޭ އިދިކޮޅުން ބޭއްވި ޖަލްސާއިން އެމްޑީޕީއާއި ސަރުކާރަށް ސިހުން ގެނުވާފައިވާކަން މިއީ އިދިކޮޅުން ފާހަގަކުރާ ކަމެކެވެ.

comment ކޮމެންޓް