ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހަދާ ބަސް ސްޓޮޕް މި މަހު ބޭނުން ކުރެވޭނެ: އެޗްޑީސީ

އެޗްޑީސީން ވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބަސް ސްޓޮޕް މި މަސް ތެރޭ ބޭނުން ކުރެވޭނެ ކަމަށް ބުނެފަ -- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހަދަމުންދާ ބަސް ސްޓޮޕް މި މަހުގެ މެދުތެރޭގައި ބޭނުން ކުރެވޭ ވަރު ވާނެކަމަށް ހައުސިންގް ޑިވިލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.

އެޗްޑީސީން ބުނީ ބަސް ސްޓޮޕްގެ 92 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި މިހާރު ނުނިމި ހުރީ ކަރަންޓުގެ ބައެއް މަސައްކަތާއި ފެން ހިންދުމުގެ ނިޒާމާއި ފިނިޝިންގެ ބައެއް މަސައްކަތްތައް ކަމަށެވެ.

އެޗްޑީސީން އެހެން ބުނީ ހިޔާ ފްލެޓްތަކުގައި މީހުން ދިރިއުޅުމަށް ފިނިޝިން މަސައްކަތް ވެސް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މީގެ އިތުރުން ހިޔާ ފްލެޓްތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ވެސް ބާރު ސްޕީޑުގައި ކުރިއަށް ގެންދާ ކަމަށް ސްޓެލްކޯއިން ބުނެފައި ވަނިކޮށެވެ.

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ފްލެޓްތަކާ ހަމައަށް ހުރި ހުރިހާ މަގެއް މިދިޔަ މަހު ވަނީ އާންމުންނަށް ބޭނުން ކުރެވޭނެހެން ހުޅުވާލާފައެވެ.

comment ކޮމެންޓް