ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިން މީހާ ދޫކޮށްލައިފި

މޯލްޑިވިއަންގެ ފްލައިޓެއް---- ފޮޓޯ: ރައީސް އޮފީސް

މޯލްޑިވިއަންގެ ފްލައިޓެއް ހައިޖެކް ކުރާނެ ކަމަށް ބުނެ އިންޒާރު ދިނުމުން ހައްޔަރުކުރި މީހާ ދޫކޮށްލައިފިއެވެ.

ފުލުހުން "ސަން"އަށް ބުނީ އެ މީހާގެ ބަންދަށް މުއްދަތު ޖެހުމަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، ޝަރުތުތަކަކާއެކު އޭނާ ދޫކޮށްލާފައިވާ ކަމަށެވެ.

ފުލުހުން ބުނީ އެ މައްސަލައާ ބެހޭ ރިޕޯޓު ފުލުހަށް ލިބުނީ ހޯމަ ދުވަހުގެ ރޭ 8:50 ހާ އިރު ކަމަށެވެ.

އެއަށް ފަހު ޖެހިގެން އައި ދުވަހު އެ މައްސަލާގައި ހައްޔަރު ކުރީ 34 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެހެންނަމަވެސް އެ މީހާއާ ބެހޭ އިތުރު އެއްވެސް މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ.

comment ކޮމެންޓް