ދިވެހި ފުޓުބޯޅައަށް ސައުދީގެ އެހީ

ސައުދީ ފުޓްބޯޅަ ފެޑެރޭޝަން އާ އެފްއޭއެމްގެ ބައްދަލުވުމުގެ ތެރެއިން--- ފޮޓޯ: ސައުދީ ފުޓްބޯޅަ ފެޑެރޭޝަން

ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވައި ތަރައްގީ ކުރުމަށް ސައުދީ އަރަބިއާގެ ފުޓުބޯޅަ ފެޑެރޭޝަން އަދި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

ސައުދީ ފުޓުބޯޅަ ފެޑެރޭޝަން އޮފީހުގައި ބޭއްވި ބައްދަލުވުމުގައި އެފްއޭއެމްގެ ފަރާތުން ސޮއި ކުރެއްވީ ރައީސް ބައްސާމް އަދީލް ޖަލީލްއެވެ.

ސައުދީ ފެޑެރޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ފެޑެރޭޝަންގެ ރައީސް ޔާސިރު ބިން ހަސަން އަލް މިޝާލްއެވެ.

އެ ބައްދަލުވުމުގެ ތެރެއިން ދެ ގައުމު ގުޅިގެން ކުރިއަށް ދެވޭނެ ދާއިރާތަކާ އަދި އެކުގައި ހޯދި ދާނެ ކުރިއެރުންތަކާ މެދުވެސް ވަނީ މަޝްވަރާކޮށްފައެވެ.

މިދިޔަ އަހަރު ރާއްޖެ އާއި ސައުދީއިން އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެއެއްބަސްވުމުގެ ދަށުން ރާއްޖޭގެ ކްލަބްތަކާއި ގައުމީ ޓީމުތަކަށް ސައުދީގައި ޓްރޭނިން ކޭމްޕް ހަމަޖެހުނެވެ.

އެ ބައްދަލުވުމަކީ ސައުދީން އިސްނަގައިގެން ކުރިއަށް ގެންދިޔަ ބައްދަލުވުމެކެެވެ.

comment ކޮމެންޓް