މީޑިއާނެޓަށް ކޮރެއާގެ އާ ޗެނަލެއް ތާރަފްކޮށްފި

ޓީވީއެން ޗެނަލްގެ ބައެއް ޝޯސްތައް-- ފޮޓޯ/މީޑިއާނެޓް

މީޑިއާނެޓަށް އާ ޗެނަލެއް ތައާރަފްކޮށްފިއެވެ.

މީޑިއާނެޓުން ތައާރަފް ކުރި އާ ޗެނަލަކީ ދެކުނު ކޮރެއާގެ ޓޮޕް ވެރައިޓީ ނެޓްވޯކް (ޓީވީއެން) އެވެ.

މި ޗެނަލަކީ ވެރައިޓީ ޝޯ އާއި މަގުބޫލު ޑްރާމާތަކާއި މިއުޒިކް ޝޯތަކާއި ލައިފްސްޓައިލް ޕްރޮގުރާމްތަކާއި އަދި އަމިއްލަ އުފެއްދުންތައްވެސް ދައްކާނެ ޗެނެލަކެވެ.

މި ޗެނަލްގެ ނަންބަރަކީ Ch811 އެވެ.

މި ޗެނަލުން ދައްކާ އެންމެ މަގުބޫލު ސީރީސް ތަކުގެ ތެރޭގައި ކްރޭޝް ލޭންޑިން އޮން ޔޫ، ރިޕްލައި 1988 އަދި ގޮބްލިން ހިމެނެއެވެ.

މިހާރު އެ ޗެނަލް އިން ދައްކާ ޝޯ ތަކުގެ ތެރޭގައި ހޮޓެލް ޑީ ލޫނާ، އެކްސްޗޭންޖް، ހަނީމޫން ޓަވާން އަދި ދަ ސިކްތް ސެންސް ދޭއް ހިމެނެއެވެ.

ކަސްޓަމަރުންނަށް މި ޗެނަލްގެ ޝޯތައް ޓީވީ ގެ އިތުރުން އެމްއެސްޓީވީ އެޕްލިކޭޝަން މެދުވެރިކޮށް އެންޑްރޮއިޑް ޔޫއެޗްޑީ ޓިވީއިންވެސް ބަލައިލެވޭނެއެވެ. އަދި މަލްޓި ސްކްރީނުން ފޯން، ލެޕްޓޮޕް އަދި ޓެބްލެޓް އިންވެސްް ބެލައިލެވޭނެއެވެ.

comment ކޮމެންޓް