ޕީސީއާރް ޓެސްޓަކާ ނުލާ ދެވޭ ރަށްތައް އިއުލާނުކޮށްފި

ޖުލައި 16، 2021: -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ކޮވިޑް-19 ވެކްސިން ފުރިހަމަކޮށް 14 ދުވަސްވެފައިވާ މީހުންނަށް ޕީސީއާރް ޓެސްޓު ހެދުމެއް ނެތި ދެވޭ ރަށްތައް ހެލްތު މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

މިގޮތުން ޕީސީއާރް ޓެސްޓަކާ ނުލާ ދަތުރުކުރެވޭ ގޮތަށް ކަނޑައަޅާފައިވަނީ ޖުމްލަ 28 ރަށެކެވެ.

އެ ރަށްތަކަކީ:

  1. ހއ. އުލިގަން
  2. ހއ. މުރައިދޫ
  3. ހދ. ހިރިމަރަދޫ
  4. ހދ. ނެއްލައިދޫ
  5. ނ. މަނަދޫ
  6. ނ. މަގޫދޫ
  7. ނ. މާޅެންދޫ
  8. ރ. މީދޫ
  9. ރ. އަލިފުށި
  10. ބ. ފެހެންދޫ
  11. ބ. ފުޅަދޫ
  12. ބ. ދޮންފަން
  13. ބ. ކިހާދޫ
  14. ބ. އޭދަފުށި
  15. ބ. މާޅޮސް
  16. ބ. ކަމަދޫ
  17. އއ. މަތިވެރި
  18. އދ. ދިގުރަށް
  19. ވ. ރަކީދޫ
  20. ވ. ފެލިދޫ
  21. ވ. ކެޔޮދޫ
  22. ވ. ފުލިދޫ
  23. ފ. މަގުދޫ
  24. ފ. ދަރަނބޫދޫ
  25. ފ. ފީއަލި
  26. ލ. ހިތަދޫ
  27. ގއ. ދެއްވަދޫ
  28. ގދ. ރަތަފަންދޫ

ހެލްތު މިނިސްޓްރީން ބުނީ މި ގޮތަށް އުސޫލު ބަދަލުކުރި ނަމަވެސް އެއަށް އަމަލުކުރާނީ އެ ރަށްރަށުން އެ މީހަކު ދަތުރުކުރާ ރަށުގެ ކޮންމެ ހަފުތާއަކު ނަގާ ސާމްޕަލްގެ ނިސްބަތަށް ބަލާފައިކަމަށެވެ.

އެގޮތުން ޕޮޒިޓިވިޓީ ރޭޓު ފަސް ޕަސެންޓަށްވުރެ ދަށް ވާން ޖެހޭނެކަމަށް އެ މިނިސްޓރީން ބުންޏެވެ.

މި މަހުން ފެށިގެން ކޮވިޑް-19 ވެކްސިން ފުރިހަމަ ނުކުރާ މީހުންނަށް ދަތިވާނެހެން ގިނަ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

https://sun.mv/156248

އަދި ވެކްސިން ފުރިހަމަކުރާ ފަރާތްތަކަށް ގިނަ އަދަދެއްގެ ލުއި ދިނުމަށް ހަމަޖެހިފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

comment ކޮމެންޓް