ކޮވިޑް ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ 30،000 މީހުން!

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް --- ފޮޓޯ/ރައީސް އޮފީސް

ކޮވިޑް-19 އިން ދިފާއު ވުމަށްޓަކައި ޖަހަން ޖެހޭ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖަހާ 30،000 މީހުން އެބަތިބި ކަމަށް ސަރުކާރުން ބުނެފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރާއްޖޭގައި ތިބި 18 އަހަރުން މަތީގެ އާބާދީގެ ތެރެއިން 85 ޕަސެންޓް މީހުން، ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ކަމަށެވެ. މީގެ އިތުރުން 12 އަހަރާއި 17 އަހަރާއި ދެމެދުގެ 84 ޕަސެންޓް ކުދިން ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ ވެކްސިން ނުޖެހި ތިބި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުން ކަމަށެވެ.

"މިވަގުތު ކުރެވެމުންދާ މަސައްކަތަކީ ވެކްސިން ނުޖެހި ތިބި މީހުންގެ ތެރޭގައި އުނދަގުލުން ރީޗް ވާން ޖެހޭ މީހުން ވަރަށް ގިނަ. އެހެންވީމަ އެފަދަ ބޭފުޅުން ހޯދާ އެބޭފުޅުންގެ ކައިރިއަށް ދިއުމުގެ މަސައްކަތް. މިސާލަކަށް 18 އަހަރުން މަތީގެ އާބާދީއަށް ބަލާއިރު 30 ހަކަށް ހާސް މީހުންނަށް މިތިބީ ވެކްސިންގެ އެއްވެސް ޑޯޒެއް ނުޖެހި. އޭގެ ތެރެއިން ގިނަ މީހުންނަކީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ މީހުން،" މަބްރޫކް ވިދާޅުވިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުން ފާއިތުވީ 48 ގަޑިއިރު ތެރޭގައި ރާއްޖެއިން ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ފުރިހަކުރި މީހުންގެ އަދަދަކީ 383،620 މީހުންނެވެ. ތަފާސް ހިސާބު ތަކުން ދައްކާ ގޮތުން މިހާތަނަށް ވެކްސިންގެ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވަނީ 302،182 މީހުންނެވެ.

ވެކްސިން ގެ ދެ ޑޯޒް ފުރިހަމަ ނުކުރާ މީހުންނަށް މާދަމާއިން ފެށިގެން ގިނަ އަދަދެއްގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.

އެ ފިޔަވަޅުތަކުގެ ތެރޭގައި ހިމެނެނީ:

  • ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ހޯދުން މަނާކުރުން.
  • ސްކޫލްތަކަށް ވަނުން މަނާކުރުން.
  • ކެފޭ ރެސްޓޯރަންޓުތަކުން ހިދުމަތް ހޯދުން މަނާކުރުން.
  • އޮފީސްތަކަށް ގޮސް މަސައްކަތްކުރުން މަނާކުރުން.
  • ސެލޫންތަކަށް ވަދެ ހިދުމަތް ހޯދުން މަނާކުރުން.
  • ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ގޮސް ކަރަންޓީނު
  • ވެކްސިން ފުރިހަމަ ނުކުރާ މީހުން ރަށްރަށަށް ގޮސް ކަރަންޓީނު ވުމަށްފަހު ނަގާ ރިލީޒް ސާމްޕަލަށް ފައިސާ ދައްކަން ޖެހުން.
comment ކޮމެންޓް