ހޮލީވުޑްގެ ފިލްމަކަށް ދީޕިކާ ސޮއިކޮށްފި

ބަތަލާ ދީޕިކާ ޕަދުކޯން---

ބޮލީވުޑްގެ ކުޅަދާނަ ބަތަލާ ދީޕިކާ ޕަދުކޯން ހޮލީވުޑް ފިލްމަކަށް އަނެއްކާ ވެސް ސޮއިކޮށްފިއެވެ.

ދެހާސް ސަތާރަވަނަ އަހަރު ހޮލީވުޑަށް ތަޢާރަފްވި ބަތަލާ ދީޕިކާ އަކީ އާންމުންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ލިބިފައިވާ ތަރިއެކެވެ. މި ފިލްމަކީ ކްރޮސް ކަލްޗަރަލް ރޮމޭންޓިކް ކޮމެޑީއެކެވެ. މި ފިލްމަކީ އެސްޓީއެކްސް ފިލްމްސް އިން ގެނެސްދޭ ފިލްމެކެވެ.

މި ކުންފުނީގެ ޗެއާމަން އެޑަމް ފޯގަލްސަން ބުނީ މި ފިލްމަށް ދީޕިކާ ހަމަޖެއްސީ އޭނާ އަކީ މުޅި ދުނިޔޭގެ ލޯބި ހޯދާފައިވާ ތަރިއަކަށްވުމުން ކަމަށެވެ. އަދި އޭނާ އަކީ ކުރާ ކޮންމެ މަސައްކަތެއްވެސް ވަރަށް ފަރުވާތެރިކަމާއެކީ ކުރަން ދަންނަ ބަތަލާ އެއް ކަމަށެވެ. ދީޕިކާ އަކީ ހުނަރުން ފުރިގެންވާ އެކްޓަރެއް ކަމަށާއި ގިނަ އިންޓަނޭޝަނަލް ފިލްމުތަކުން ބޮޑު މަޝްހޫރު ކަމެއް ވެސް ލިބިފައިވާ ތަރިއެއް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ބަތަލާ ދީޕިކާ މިހާރު މަސައްކަތްކުރަނީ ފިލްމު "ޕަތާން" ގައެވެ. މި ފިލްމުގައި އޭނާ އާއެކު ފެނިގެންދާނީ ޝާހްރުކް ޚާން އާ ޖޯން އަބްރަހަމް އެވެ. އޭނާ އަތުގައި ޝަކުން ބަޓްރާގެ ފިލްމެއް ވެސް އެބައޮތެވެ.

comment ކޮމެންޓް