ދުނިޔޭގެ އެންމެ ބަރު ކާގޯ ޕްލޭން ދަމައި، ރެކޯޑެއް ހަދައިފި

ޔޫކްރެއިންގެ އަށް ބޮޑީބިލްޑަރުން މަތިންދާބޯޓު ދަމައިފައި ގެންދަނީ

ޔޫކްރޭންގެ ބާރުގަދަ އަށް މީހަކު ދުނިޔޭގެ އެންމެ ބަރު އަދި އެންމެ ބޮޑު ކާގޯ ޕްލޭން 14 ފޫޓަށް ދަމާލައިފިއެވެ.

ރިޕޯޓްތައް ބުނާ ގޮތުން، 628،300 ޕައުންޑު (284،992 ކިލޯ)ގެ މި ކާގޯ ޕްލޭން އެމީހުން ދެމީ 1 މިނެޓާއި 14 ސިކުންތުގެ ތެރޭގައެވެ.

އެމީހުން އެ ބޯޓު ދެމީ ބޯޓުގައި ވާގަނޑެއް އައްސައިގެންނެވެ. އަދި އެމަންޒަރު ފެންނަ ގޮތަށް ޔޫޓިއުބްއަށް ވީޑިއޯއެއް ވެސް އަޕްލޯޑް ކޮށްފައިވެއެވެ.

އެ ބޯޓު ދެމި މީހުން ވަނީ ޔޫކްރެއިންގެ ގައުމީ ރެކޯޑު ފޮތުން ޖާގަ ހޯދާފައެވެ.

މީގެ އިތުރުން ދުނިޔޭގެ ރެކޯޑް ފޮތުން ޖާގަ ހޯދަން، އެ ހަރަކާތާ ބެހޭ ތަފްސީލް ގިނެސް ވޯލްޑް ރެކްޑްސްއާ ހިއްސާ ކުރާނެ ކަމަށް ޔޫކްރެއިންއިން ބުންޏެވެ.

ގާތްގަނޑަކަށް 285،000 ކިލޯގެ މުދާ އުފުލޭ ގޮތަށް ހަދާފައިވާ އެ ބޯޓަކީ 1988 ވަނަ އަހަރު އުފައްދާފައިވާ ބޯޓެކެވެ.

comment ކޮމެންޓް