ޒިއޯމީން ދެ އާ ޕްރޮޑަކްޓު އިފްތިތާހުކުރަނީ

ރެޑްމީ 10 ޕްރައިމް --

އަންނަ ހުކުރު ދުވަހު ޒިއޯމީން ބާއްވާ ހަފްލާއެއްގައި އާ ދެ ޕްރޮޑަކްޓު އިފްތިތާހުކުރަން ނިންމައިވާކަމަށް އަޑު ފެތުރިއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި ހަފްލާގައި އިފްތިތާހުކުރަން ނިންމާފައިވަނީ ރެޑްމީ 10 ޕްރައިމް އަދި ރެޑްމީގެ އާ ބްރޭންޑް ޓީޑަބްލިއުއެސްއެވެ.

ރެޑްމީ 10 ޕްރައިމް ވާނީ ގަންނަން ބޭނުންވާ މީހުންނަށް ހެޔޮ އަގެއްގައި ލިބޭނެ ފޯނަކަށެވެ. އަދި އެ ވާނީ އިންޑިއާގައި އިފްތިތާހު ކުރެވޭ ސްމާޓުފޯނުތަކުގެ ތެރެއިން މީޑިއާޓެކް ހެލޯ ޖީ88 ޗިޕްސެޓް އެކުލެވޭ ފުރަތަމަ ފޯނަށެވެ.

މި ފޯނަކީ ކުރިން ދުނިޔޭގެ ބާޒާރުތަކުގައި އިފްތިތާހު ކުރި ރެޑްމީ 10ގެ ރިބްރޭންޑެޑް ވާޝަނެކެވެ.

މި ފޯނުގައި 90އެޗްޒީ އެޑަޕްޓިވް ރިފްރެޝް ރޭޓް އަދި 1080x2400 ޕިކްޒެލް ރިޒޮލިއުޝަން އެކުލެވޭއިރު 6.5 އިންޗިގެ ފުލް އެޗްޑީ ޕްލަސް ޑޮޓްޑިސްޕްލޭ ވެސް ހިމެނެއެވެ.

މި ފޯނަކީ ހަ ޖީބީ ރެމަކާއި 128 ޖީބީ އިންޓާނަލް ސްޓޯރޭޖެއް އެކުލެވޭ ފޯނެކެވެ. މި ފޯނުގެ ފަހަތު ކެމެރާގައި 50 މެގަ ޕިކްސެލް ޕްރައިމަރީ ސެންސާ އާއި އަށެއް މެގަ ޕިކްސެލް ވައިޑް އޭންގަލް ލެންސް، ދޭއް މެގަ ޕިކްސެލް ޑެޕްތް ސެންސާ އަދި ދޭއް މެގަ ޕިކްސެލް މެކްރޯ ލެންސްވެއެވެ. އަދި ފްރޮންޓު ކެމެރާގައި އަށް މެގަ ޕިކްސެލް ސެންސާއެއްވެއެވެ.

މީގެ އިތުރުން މި ފޯނުގައި 18 ވޮޓްގެ 5000 މިލިއެމްޕްއަވާ (އެމްއޭއެޗް)ގެ ބެޓަރިއެއްވެސް އެކެލެވޭކަމަށް ރިޕޯޓްތައް ބުނެއެވެ. މި ފޯނުގެ ވިއްކާނީ 12،000 އިންޑިއާ ރުޕީސްއަށް ކަމަށްވެއެވެ.

ރެޑްމީގެ ޓީޑަބްލިއުއެސް އިޔާބަޑްސް އަކީ މީގެ ކުރިން ޗައިނާގައި އިފްތިތާހުކޮށްފައިވާ އެއާޑޮޓްސް ތިނެއް ފަދަ ޕްރޮޑަކްޓެއް ކަމުގެ ވާހަކަފެތުރެއެވެ. ނަމަވެސް މި ޕްރޮޑަކްޓާ ބެހޭގޮތުން މާގިނަ މައުލޫމާތެއް އެކުންފުނިން ހިއްސާ ނުކުރެއެވެ.

comment ކޮމެންޓް