"ހެހެސް" މީޑިއާނެޓުގެ މަލްޓި-ސްކްރީން އަދި އެމްއެސް ޓީވީ ވީއޯޑީއަށް އަންނަނީ

ހެހެސްގެ ޕޯސްޓަރު -- ފޮޓޯ: މީޑިއާނެޓް

"ހެހެސް" ފިލްމު މީޑިއާނެޓުގެ މަލްޓި ސްކްރީން އަދި އެމްއެސް ޓީވީ ވީއޯޑީއިން ވަރަށް އަވަހަށް ބަލާލެވެނޭ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

"ހެހެސް" ފިލްމުން ފެނިގެން ދަނީ ލޯބި ހާސިލް ކުރުމަށް ހީލަތްތެރި ރޭވުން ތަކާ އެކު ކޮންމެފަދަ ކަމެއްވެސް ކޮށްފާނެ ބައެއްގެ ވާހަކައެެވެ.

އެ ފިލްމުން އެންމެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި އިބްރާހިމް ޖިހާދު (ޖިމީ) އާއި އިރުފާނާ އިބްރާހިމް (އިރޫ) އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ (ޝިފް) އެވެ.

ޔޫއްޕެ ޕްރޮޑަކްޝަނާއި ޝައި ޕްރޮޑަކްޝަން ގުޅިގެން އުފައްދާ ދިވެހި ފިލްމު "ހެހެސް" ގެ އޮފިޝަލް ޓްރެއިލާ މީޑިއާނެޓުން ވަނީ އާންމުކޮށްފައެވެ.

އެ ޓްރެއިލާއިން ފެނިގެން ދަނީ ހަތަރު އަންހެނުން އެ މީހުންގެ ލޯބި ސިފަ ކުރާ ގޮތެވެ. ފިލްމަކީ ލޯބީގެ ތަފާތު ހާދިސާތަކެއް ދައްކުވައިދޭ ސަސްޕެންސް ތްރިލާއެކެވެ.

އެ ފިލްމް ބަލާލުމަށް މީޑިއާނެޓްގެ ބޭސިކް ނުވަތަ ފެމިލީ ކަސްޓަމަރުން 100 ރުފިޔާއަށް މަލްޓި ސްކްރީން (އެމްއެސް) ވީއޯޑީއަށް ސަބްސްކުރައިބް ކުރުމުން ވީއޯޑީގައި ހިމެނޭ ފިލްމް އާއި ސީރީޒްތައް ބަލާލެވޭނެއެވެ. އަދި "ވޯންޓް އިޓް އޯލް" ކަސްޓަމަރުންނަށް 50 ރުފިޔާއަށް އެމްއެސް ވީއޯޑީއަށް ސަބްސްކުރައިބް ކުރެވޭނެއެވެ.

މީޑިއާނެޓުގެ ހިދުމަތް އަލަށް ބޭނުން ކުރާ ކަސްޓަމަރުންނަށް 150 ރުފިޔާއަށް އެމްއެސް ކޮމްބޯއަށް ސަބްސްކުރައިބްކޮށް، ވީއޯޑީ ކޮންޓެންޓްތައް ބެލޭނެއެވެ.

މީޑިއާނެޓް މަލްޓިސްކްރީން އަދި އެމްއެސް ޓީވީ އާއި ބެހޭ އިތުރު މައުލޫމާތު އެ ކުންފުނީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. އަދި https://cuda.medianet.mv މެދުވެރިކޮށް މަލްޓި ސްކްރީން ޑައުންލޯޑް ކުރެވޭނެއެވެ.

comment ކޮމެންޓް