ސްޓޭޝަނަރީގެ އާ ފިހާރައެއް، ހުރިހާ އެއްޗެއް އެއްތަނަކުން!

އޯގަސްޓު 30، 2021: "މިސްޓާ ޕެންސިލް" ގެ ނަމުގައި މާލޭގައި އާ ސްޓޭޝަނަރީ ފިހާރައެއް ހުޅުވުން

މިސްޓާ ޕެންސިލްގެ ނަމުގައި މާލޭގައި އާ ބުކް ޝޮޕެއް އިއްޔެ ހުޅުވައިފިއެވެ.

މި ފިހާރައަކީ ސްޓޭޝަނަރީގެ ގިނަ ބާވަތްތަކެއް އެއް ތަނަކުން ލިބޭނެ ފިހާރައެެކެވެ. އެގޮތުން ޑީއައިވައި ކްރާފްޓްސް އަދި އާޓް ސަޕްލައިސް ވެސް ލިބޭނެއެވެ.

މި ފިހާރައިގައި ނޯޓްބުކް ސެކްޝަނަކާއި ކުޑަކުދިންނަށް ޚާއްސަ ސެކްޝަނެއް އަދި އާޓް ސަޕްލައިތަކަށް ޚާއްސަ ސެކްޝަނެއް ހުންނާނެއެވެ.

އެގޮތުން ނޯޓްބުކް ސެކްޝަނުގައި އެކި ވައްތަރުގެ ނޯޓު ފޮތާއި ޓްރެވެލް ޖާނަލްގެ އިތުރުން ޕްރޮފެޝަނަލް އޯގަނައިޒާސް އާއި ޕްލޭނާސް ހިމެނިފައިވެއެވެ.

ކުޑަކުދިންނަށް ޚާއްސަ ސެކްޝަނުގައި އިނޮވޭޓިވް އެޑިއުކޭޝަނަަށް ޚާއްސަ ކުޅޭ އެއްޗެއްސާއި، ޕަޒަލްސް އާއި ފެމެލީ ގޭމުތައް ހިމެނެއެވެ.

މީގެ އިތިރުން ވެސް ޕްލޭ ޑޮފް އާއި ނާފް ބަޑި އަދި މަޝްހޫރު ކްރާފްޓްސް އެންޑް ވެޕެނަރީގެ ކުޅޭއެއްޗެހި ވެސް މި ސެކްޝަނުގައި ހިމެނެއެވެ.

އާޓް ސަޕްލައިތަކުގެ ސެކްޝަނުގައި ކުރެހުމާއި ކުލަ ޖެއްސުމަށް ބޭނުންކުރެވޭ ބައިވަރު ސާމާނު ލިބެން ހުރެއެވެ.

މި ފިހާރައިގައި އާޓް ސަޕްލައިސްގެ ވަރަށް ގިނަ ބްރޭންޑުތައް ހުރެއެވެ.

އޯގަސްޓު 30، 2021: "މިސްޓާ ޕެންސިލް" ގެ ނަމުގައި މާލޭގައި އާ ސްޓޭޝަނަރީ ފިހާރައެއް ހުޅުވުން--- ފޮޓޯ/ ފަޔާޒް މޫސާ

އެ ބްރޭންޑުތަކުގެ ތެރޭގައި ސަކޫރާ، މުންގްޔޯ، އޭމްސްޓަޑަން، މޮންޓު މާޓް، ވޭން ގޮގް، ސެއިކާއި، ޕޮސްކާ އަދި ޔުނި-ޕިން ހިމެނެއެވެ.

މި ފިހާރައިން ލިބޭ އިތުރު ބްރޭންޑު ތަކުގެ ތެރޭގަައި ސްޓޭޓްލާސް، އެލްމާސް، ޝާޕީސް، ހޭސްބްރޯ، މޮންޓެކްސް، މާސްޓާ އާޓް ސީރީސް، ލަބޫމް ޑީއައިވައި، އީފައިލް ނޯޓްބުކްސް، ފެވިކްރައިލް، ފޭބާ ކާސަލް، ޑޯމްސް، ޔުނި ބޯލް، ޕައިލޮޓް، އާޓްލައިން، ފާސްޓާ، އަދި ޑޫޑަލް ކަލެކްޝަން ހިމެނެއެވެ.

އެ ފިހާރައިން މިހާރު ވަނީ 100 ރުފިޔާއަށް ވުރެ މަތިން ވިޔަފާރިކޮށްގެން ބައިވެރިވެވޭ ޚާއްސަ ޕްރޮމޯޝަނެއް ވެސް ފަށާފައެވެ.

އަންނަ މަހުގެ 30 ގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަނުގައި ބައިވެރިވުމަށްޓަކައި އެ ފިހާރައިގެ ފޭސްބުކު ޕޭޖަށް ލައިކްކޮށް، އިންސްޓަގްރާމް އެކައުންޓް ފޮލޯކުރަންޖެހެއެވެ. އަދި އެ ފިހާރައިން 100 ރުފިޔާއަށްވުރެ މަތިން ވިޔަފާރިކޮށް ފޭސްބުކް ނުވަތަ އިންސްޓަގުރާމް މެދުވެރިކޮށް ރިސިޕްޓް ފޮނުވަންޖެހެއެވެ.

ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި ފަރާތަށް ލިބޭ އިނާމަކީ އައިފޯނު 12 ޕްރޯ މެކްސް އެއް ކަމަށް މރ. ޕެންސިލްއިން ބުންޏެވެ.

މރ. ޕެންސިލްގެ އާ ފިހާރަ ހުންނަ ސަރަހައްދު

comment ކޮމެންޓް