އެޕަލް އެޕްސްޓޯއަށް ގިނަ ބަދަލުތަކެއް ގެންނަނީ

އެޕަލް ފޯނުތަކުގެ އެޕް ސްޓޯއަަށް ގިނަ ބަދަލުތަކެއް ގެންނަން އެކުންފުނިން ނިންމައިފިއެވެ.

އެކުންފުނިން މިހެން ނިންމާފައި މިވަނީ ޔޫއެސް ޑިވެލޮޕާސް އިން ކުރި ކްލާސް އެކްޝަން ލޯސުއިޓާ ގުޅިގެންނެވެ.

މި ކްލާސް އެކްޝަން ލޯސުއިޓް ފައިލް ކޮށްފައިވަނީ 2019 ގައެވެ.

އެޕަލް ސްޓޯއަށް މިގެނައި ބަދަލާއެކީ ކުންފުނިތަކުން ނުވަތަ ޑިވެލޮޕާސްތަކުން އެޕަލްގެ ޔޫސާސްއަށް އީމެއިލް މެދުވެރިކޮށް އެޕަލް ސްޓޯގެ ބޭރުން ސަބްސްކްރައިބުކުރުމުގެ ހުއްދަ ހޯދޭނެއެވެ.

ނަމަވެސް އިން އެޕް ކޮމިއުނިކޭޝަން ތަކަކަށް މި އާ އަޕްޑޭޓުގެ ބޭނުން ނުކުރެވޭ ކަމަށް އެޕަލް އިން ބުންޏެވެ.

އިންއެޕް މެދުވެރިކޮށް ޑިވެލޮޕާސްއަށް އަދި ވެސް ފައިސާ ދެއްކުމާއި ސަބްސްކްރައިބު ކުރުމުގެ އެހެން ގޮތްތަކުގެ ވާހަކަ ޔޫސާސްއާ ހިއްސާއެއް ނުކުރެވޭނެއެވެ.

comment ކޮމެންޓް