ތިލަމާލެ ބްރިޖުގެ ތަސައްވުރުން ރައްޔިތުންނަށް އާ އުންމީދެއް!

ތިލަމާލެ ބްރިޖުގެ ކުރެހުމެއް -- ފޮޓޯ/ އިންޑިއާ ހައިކޮމިޝަން

ތިލަމާލެ ބްރިޖުގެ މަސައްކަތަކީ މިހާތަނަށް ރާއްޖޭގައި ކުރިއަށް ގެންދާނެ އެންމެ ބޮޑު އުމްރާނީ ތަރައްގީގެ މަޝްރޫއެވެ.

މި މަޝްރޫގެ އެއްބަސްވުމުގައި މާދަން ސޮއިކުރުމަށް ހަމަޖެހިފައި ވާއިރު މިހާރު ވަނީ މި މަޝްރޫގެ މަސައްކަތް ނިމޭއިރު މަންޒަރު ބަދަލުވެގެންދާނެ ގޮތުގެ ތަސައްވުރެއް ވެސް އާންމުކޮށްފައެވެ.

ތިލަމާލެ ބްރިޖުގެ ކުރެހުމެއް -- ފޮޓޯ/ އިންޑިއާ ހައިކޮމިޝަން

މަންޒަރުތަކުން ފެންނަނީ ވަރަށް ރީތިކޮށެވެ. އެގޮތުން ބްރިޖުގެ ތަނބުތަކާއި ސުޕަ ސްޓްރަކްޗާ ފެނުން މައްޗަށް އަރާފައި ހުންނަތަން ފެންނަ ފޮޓޯތަކުން ބުރިޖު އަޅާ ނިމުނީމާ ހުންނާނެ ގޮތް ފެނިގެން ދެއެވެ.

މި މަޝްރޫގެ ދަށުން 6.7 ކިލޯމީޓަރުގެ ދިގު މި ބްރިޖަކާއި ކޯސްވޭ ލިންކެއް އަޅާނެއެވެ. އެގޮތުން ދެރަށް ދޭތެރޭ ކަނޑުގައި އަޅާ މައި ބްރިޖްތަކުގައި 140 ކިލޯމީޓަރު ހުންނާނެކަމަށް އިންޑިއާ ހައިކޮމިޝަނުން ބުންޏެވެ.

ތިލަމާލެ ބްރިޖުގެ ކުރެހުމެއް -- ފޮޓޯ/ އިންޑިއާ ހައިކޮމިޝަން

ހަމައެއާއެކު ފަޅުތަކުގައި 1.45 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓާއި މޫދާއި ގޮނޑުދޮށުގައި 2.32 ކިލޯމީޓަރުގެ މެރިން ވަޔަޑަކްޓުގެ އިތުރުން ބިމާ އެއް ހަމައެއްގައި 2.96 ކިލޯމީޓަރުގެ މަގު ތަރައްގީކުރާނެއެވެ.

މި މަޝްރޫއުގެ ދަށުން މާލެ އަދި ވިލިނގިލި ގެ ލޭންޑް އިންޓާޗޭންޖް ތަކުގައި ސިގްނަލައިޒްޑް ޖަންކްޝަން ގާއިމް ކުރެވޭނެ އެވެ. އަދި ގުޅިފަޅު އަދި ތިލަފުށީގައި ރައުންޑްއެބައުޓް ތަކެއް ގާއިމް ކުރެވޭނެ އެވެ.

ކޮންމެ ރަށެއްގައިވެސް ބްރިޖް ޖަންކްޝަން ކައިރީގައި ބަސް ޓާމިނަލް ގާއިމް ކުރުމަށް ހަމަޖެހިފައިވެއެވެ.

ތިލަމާލެ ބްރިޖުގެ ކުރެހުމެއް -- ފޮޓޯ/ އިންޑިއާ ހައިކޮމިޝަން

އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމުގެ ގޮތުން މި މަޝްރޫއުގެ ރޯޑް ލައިޓިން، ނެވިގޭޝަން ލައިޓިން، ދެކް ސެލް ލައިޓިން ސީސީޓީވީ އަދި ސައިން ގެންޓްރީ ގެ ލައިޓިން އާއި އާކިޓެކްޗަރަލް ލައިޓިންގައި ބޭނުން ކުރާނީ އިރުގެ ހަކަތަ ކަމަށް ސަރުކާރުން މީގެ ކުރިން ވަނީ ބުނެފައެވެ.

ތިލަމާލެ ބްރިޖުގެ ކުރެހުމެއް -- ފޮޓޯ/ އިންޑިއާ ހައިކޮމިޝަން

އަދި ލޭމްޕް ޕޯސްޓްތަކާއި ބްރިޖްގެ ޕަރަޕެޓް ތަކުގައި ސޯލާ ޕެނަލްވެސް މި މަޝްރޫގެ ދަށުން ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ބްރިޖު އެޅުމުގެ އެގްރީމެންޓް ގައި ދިވެހި ސަރުކާރާއި އިންޑިއާގެ އެފްކޮންސް ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވަނީ މާދަމާއެވެ.

މި މަޝްރޫއު ކުރިއަށްގެންދާނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ.

comment ކޮމެންޓް