ފެލިވަރާއި ކޫއްޑޫ ފިޝަރީޒް ހިމެނޭހެން ސަރުކާރުގެ 9 ކުންފުންޏެއް އުވާލަނީ

ކޫއްޑޫ ފިޝެރީސް މޯލްޑިވްސް ލިމިޓެޑުން މަސް ބަންދުކުރާ ކާރުހާނާ. -- ފޮޓޯ/ހުވަދޫ ނިއުސް

ސަރުކާރުގެ ނުވަ ކުންފުންޏެއް އުވާލަން ނިންމާ، ފިނޭންސް މިނިސްޓްރީން އެކަން އިއުލާންކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ލިކުއިޑޭޝަން ލިސްޓުގައި ހިމެނޭ ކުންފުނިތަކުގެ ތެރޭގައި މަސް ބަންދުކުރާ ކާރުހާނާ ހުންނަ ފެލިވަރު ފިޝެރީސް އާއި ކޫއްޑޫ ފިޝެރީސް މޯލްޑިވްސް ލިމިޓެޑު ހިމެނެއެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ދައުލަތުގެ މީޑިއާ ހިންގަން އުފެއްދި މޯލްޑިވްސް ނޭޝަނަލް ބްރޮޑްކާސްޓިން ކޯޕަރޭޝަން (އެމްއެންބީސީ) އާއި ބަނދަރާއި މަގު ހެދުން ފަދަ އުމްރާނީ މަސައްކަތްތައް ބަލަން އުފެއްދި ވޯކްސް ކޯޕަރޭޝަން ހިމެނެއެވެ.

އެ ލިސްޓުގައި ދެން ހިމެނެނީ މަޑިވަރު ހޯލްޑިންސް ޕްރައިވެޓް ލިމިޓެޑާއި ގަން އެއާޕޯޓު ކޮމްޕެނީ އާއި މޯލްޑިވިސް ރޯޑް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްއާރުޑީސީ) އާއި ހަޒާނާ މޯލްޑިވްސް އާއި ނެޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީއެވެ.

ސަރުކާރު ހިއްސާވާ 31 ކުންފުންޏެއް ހިންގާއިރު ފައިދާ ވަނީ މަދު ކުންފުންޏަކަށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް