ޕީއެސްއެމްގެ 15 ބުރީގެ އިމާރާތް ޑިޒައިން ކުރަން ހުޅުވާލައިފި

ޕީއެސްއެމްގެ ޓީވީ ހިންގާ އިމާރާތް ---

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓެލެވިޒަން މޯލްޑިވްސް (ޓީވީއެމް) ގޯތި ތެރޭގައި އަޅަން ނިންމާފައިވާ 15 ބުރީގެ އިމާރާތެއް ޑިޒައިން ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޕީއެސްއެމްއިން ކުރި އިއުލާނެއްގައި ވަނީއެ އިމާރާތް އަޅާނީ 7،000އެއްހާ އަކަފޫޓުގެ ސަރަހައްދެއްގައެވެ.

އަދި އެ އިމާރާތް ޑިޒައިންކުރުމާއި އިމާރާތްކުރުމާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ބާއްވަން ނިންމާފައިވާކަމަށް ޕީއެސްއެމްގެ އިއުލާންގައިވެއެވެ.

އެ ބައްދަލުވުން ބާއްވަން ނިންމާފައިވަނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު 11:00 ޖަހާ އިރު، ޕީއެސްއެމް ހެޑްއޮފީހުގައެވެ.

ޕީއެސްއެމްއިން ވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެ ބައްދަލުވުމަށް ހާޒިރުވެ، މައުލޫމާތު ސާފު ކުރުމަށް އެދިފައެވެ.

comment ކޮމެންޓް