ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއް: އިންޑިއާ

ދިވެހި މަސްވެރިިން މަސް ބޭނުމުގައި: މަސް ކިރާ ތަންތަނުގެ ކެޕޭސިޓީއަށް ވުރެ ގިނައިން ދަނީ މަސް ބާނަމުން

ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގައި ބައިވެރިވުމަކީ ލިބޭ ފަހުރެއްކަމަށް އިންޑިއާއިން ބުނެފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ފެސިލިޓީ އެކްސްޕޭންޝަން މަޝްރޫއާ ގުޅޭގޮތުން މައުލޫމާތު ދެމުން ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ބުނީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރައީސުލްޖުމްހާރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދު ފުއްދުމަށް އެހީތެރިިވުމަކީ ލިބޭ ޝަރަފެއްކަމަށެވެ.

"މި މަޝްރޫއަކީ ރައީސް ސޯލިހުގެ ސަރުކާރުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ކުރިއެރުވުމަށްޓަކައި ކުރެވޭ އިންވެސްޓްމަންޓެއް. އަދި މި މަޝްރޫއުގައި ދިވެހި ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދެވުމަކީ އިންޑިއާއަށް ލިބޭ ފަހުރެއް،" ހައިކޮމިޝަނުން ބުންޏެވެ.

މިފްކޯ އެކްސްޕޭންޝަން މަޝްރޫއު އަކީ އިންޑިއާގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ސަރުކާރުން ހިންގާ މަޝްރޫތަކުގެ ތެރޭގައި ހިމެނޭ މަޝްރޫއެކެވެ.

އިންޑިއާގެ އެގްޒިމް ބޭންކު މެދުވެރިކޮށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގަމުންދާ 'އެކްސްޕޭންޝަން އޮފް ކެޕޭސިޓީޒް އޮފް މިފްކޯ' މަޝްރޫގެ ދަށުން ގިނަ މަސައްކަތްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި 100 ޓަނުގެ ކަނޑުމަސް އަށް ގަޑިއިރުގެ ޝިފްޓުގައި ގަނޑުކުރެވޭ އާ ރިފްރިޖަރޭޝަން ކޮމްޕްލެކްސެއް ގާއިމް ކުރުމާއި، ލޮނުފެން ގަނޑުކޮށް 80 ޓަނުގެ ކަނޑުމަސް ބެހެއްޓޭނެ ހޯލްޑިން ޓޭންކް ގާއިމް ކުރުމުގެ އިތުރުން 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖް އަދި އައު ޕަވާހައުސް އެއް ގާއިމް ކުރުން ހިމެނެއެވެ.

މީގެ އިތުރުން ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި މަސްދަޅު އުފައްދާ އިތުރު ފެކްޓަރީއަކާއެކު ދުވާލެއްގެ މައްޗަށް 100 ޓަނުގެ ކަނޑުމަސް ޕްރޮސެސްކޮށް މަސް ދަޅުގައި ބަންދުކުރެވޭނެ ފެސިލިޓީއެއް ގާއިމްކުރުން ހިމެނެއެވެ. އަދި ކައްކާ ގަނޑުކުރެވިފައިވާ މަސްބުރި އަދި ޕައުޗުގެ އިތުރުން ދުވާލެއްގެ މައްޗަށް 40 ޓަނުގެ 'ފިޝްމީލް' އުފެއްދޭ ޕްލާންޓްއަކާއި، ދުވާލެއްގެމައްޗަށް 50 ޓަނުގެ އައިސް އުފެއްދޭ ޕްލާންޓެއްގެ އިތުރުން 100 ޓަނުގެ އައިސް ސްޓޯރެޖް ކެޕޭސިޓީއެއް ގާއިމްކުރުމުގެ މަސައްކަތްވެސް މި މަޝްރޫގެ ދަށުން ކުރާނެއެވެ.

comment ކޮމެންޓް