ވިލިނގިލިން އަނެއްކާވެސް ކޮވިޑް ކޭސްތަކެއް ފެނިއްޖެ

ގއ. ވިލިނގިލި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

ހެލްތު މިނިސްޓްރީގެ އެގްޒެކެޓިވް ޑިރެކްޓަރަކު ކޮވިޑަށް ޓެސްޓު ކުރުމަކާ ނުލައި މާލެއިން ގއ. ވިލިނގިއްޔަށް ވަޑައިގެންނެވި ފަހުން ބައްޔަށް ޕޮޒިޓިވްވެ، އެ ރަށުން އޭނާއާ ބައްދަލުވި މީހުންނަށް ބަލި ޖެހުމުގެ ބިރު ބޮޑުވެއްޖެއެވެ.

ވިލިނގިލީ ކައުންސިލްގެ މެމްބަރަކު "ސަން"އަށް ވިދާޅުވީ މިނިސްޓްރީގެ އޮފިޝަލު ރަށަށް ވަޑައިގެންނެވީ މީގެ ހަތަރު ދުވަސް ކުރިން ކަމަށެވެ. އަދި އޭނާ ވަޑައިގެންނެވީ ޕީސީއާރު ޓެސްޓު ނަހަދާ، ހާލު ބަލާ ޕޯޓަލްގައި ރަޖިސްޓްރީ ނުކޮށް ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

އޭގެ ފަހުން އޭނާގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނުމުން، އިއްޔެ އޭނާ ބައްޔަށް ޓެސްޓު ކުރީ ކަމަށް ކައުންސިލް މެމްބަރު ވިދާޅުވިއެވެ. އަދި މިހާރު އެ އޮފިޝަލުގެ އިތުރުން، އޭނާއާ ގުޅުން އޮތް އިތުރު ތިން މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ ވިލިނގިއްޔަށް ވަޑައިގެންނެވުމަށް ފަހު ކަރަންޓީނެއް ނުވެއެވެ. އަދި މިހާރު އެ ރަށުން ޕޮޒިޓިވްވެފައިވާ މީހުންގެ ތެރޭގައި އޭނާގެ އާއިލާގެ މެމްބަރުން ހިމެނެއެވެ.

މީގެ އިތުރުން އޭނާ ވަނީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)ގެ ގަވާއިދުތަކާ ހިލާފަށް، މާސްކު އެޅުއްވުމަކާ ނުލައި މީހުންނާ ބައްދަލު ކުރައްވާފައި ކަމަށް ކަމަށް ކައުންސިލަރު ވިދާޅުވިއެވެ. އެހެންކަމުން ވިލިނގިލީގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، ރަށް އަނެއްކާވެސް މޮނިޓަރިންއަށް ލުން އެކަށީގެންވާ ކަމަށް ކައުންސިލަރު ވިދާޅުވިއެވެ.

ވިލިނގިލި މީގެ ކުރިން، މިދިޔަ ޖެނުއަރީ މަހުގަ އާއި ޖުލައި މަހު އަދި މި މަހުގެ އެކަކުން ހަތަކަށްވެސް މޮނިޓަރިންއަށް ލާފައިވެއެވެ.

comment ކޮމެންޓް