ޝާހިދު ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަނީ

މިނިސްޓާ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު -- ފޮޓޯ/ ރައީސް އޮފީސް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، އދގެ އާއްމު މަޖިލީހުގެ އިންތިހާބީ ރައީސްގެ ހައިސިއްޔަތުން ޖަޕާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަން ނިންމަވައިފިއެވެ.

ޖަޕާންގެ ސަރުކާރުގެ ދައުވަތަކަށް ޝާހިދު އެގައުމަށް ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ އަންނަ ބުރާސްފަތި ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހަށެވެ.

އެ ދަތުރުފުޅުގައި މިނިސްޓަރު ޝާހިދު، ޖަޕާނުގެ ބޮޑުވަޒީރު ޔޮޝިހިދޭ ސުގާގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެއެވެ. އަދި ޖަޕާނުގެ ފޮރިން މިނިސްޓަރު ޓޮޝިމިޓްސޫ މޮޓޭގީއާ ވެސް ބައްދަލުކުރައްވާނެއެވެ.

އެ ދަތުރުގައި އދގެ އާއްމު މަޖިލީހުގެ މަސައްކަތްތަކާ ބެހޭ ގޮތުންނާއި އާއްމު މަޖިލީހުގެ ރިޔާސަތާ އެކުގައި ޖަޕާނުން މަސައްކަތްކުރުމާ ބެހޭ ގޮތުން އެގައުމުގެ ސަރުކާރާ މިނިސްޓަރު ޝާހިދު މަޝްވަރާކުރައްވާނެއެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭ ގޮތުންވެސް ވާހަކަ ދައްކަވާނެއެވެ.

comment ކޮމެންޓް