ސިޔާސީ މަގްސަދެއްގައި މުވައްޒަފުން ވަޒީފާއިން ވަކި ނުކުރަން: ފެނަކަ

ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު -- ފޮޓޯ/ ޕީއެސްއެމް

ސިޔާސީ އެއްވެސް މަގްސަދެއް ހާސިލްކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމަށް އެ ކުންފުނިން ބުނެފިއެވެ.

ފެނަކައިން މިހެން ބުނީ ގދ. ފަރެސްމާތޮޑާއަށް އިދިކޮޅު ޕީޕީއެމްގެ މެމްބަރުންތަކެއް ދިއުމުންް މަރުހަބާ ކިއުމަށް ނިކުތް ފެނަކަ މުވައްޒަފުންްތަކެއް ވަޒީފާއިިންް ވަކިކުރިކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން ފެނަކައިން ކުރި ޓުވީޓުތަކެއްގައި ބުނީ ފެނަކައިގެ މަޝްރޫއެއްގައި ތިން މަސްދުވަހުގެ މުއްދަތަކަށް ވަގުތީގޮތުން މަސައްކަތްކުރަމުންދިޔަ ހަތަރު މުވައްޒަފެއް ވަކިކޮށްފައިވަނީ އެމުވައްޒަފުންގެ މަސައްކަތުގެ އަހުލާގާއި، ކުރަން ހަވާލުކުރާ މަސައްކަތަށް ގާބިލް މުވައްޒަފުން ނޫންކަމަށް ފެންނާތީ ކަމަށެވެ.

އަދި ސިޔާސީ އެއްވެސް މަގުސަދެއް ހާސިލުކުރުމަށްޓަކައި ފެނަކައިގެ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިކޮށްފައި ނުވާނެކަމުގެ ޔަގީންކަން އަރުވާ ކަމަށް ފެނަކައިން ބުންޏެވެ.

އަދި ބައެއް މީޑިއާތަކުން ކަމުގެ ހަގީގަތް އޮޅުވާލުމަށް ދޮގު ހަބަރު ޝާއިއުކުރާތީ ކަންބޮޑުވާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.

ޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ، ގދ. އަށް އިދިކޮޅުން ކުރަމުންދިޔަ ދަތުރުގައި އެ އަތޮޅު ފަރެސްމާތޮޑާއަށް ޒިޔާރާތްކުރި ދުވަހު ބަނދަރުން ސަލާންކޮށްލި ކަމަށްޓަކައި، ފެނަކައިގެ ގިނަ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ފެނަކައިން މިވަނީ އެކަން ދޮގުކޮށްފައެވެ.

comment ކޮމެންޓް