އެމްޑަބްލިޔުއެސްސީ ރޯޑްޝޯގައި ބައިވެރިވެގެން ސަޅި ބައިސްކަލެއް!

މާލޭ ވޯޓާ އެންޑް ސެވެރޭޖް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމްޑަބްލިޔުއެސްސީ)އިން ކުރިއަށްގެންދާ 'އެކުވެރި އެމްޑަބްލިޔުއެސްސީ ރޯޑްޝޯ'ގައި ބައިވެރިވެގެން ސަޅި ބައިސްކަލެއް ހޯދުމުގެ ފުރުސަތު އެ ކުންފުނިން ހުޅުވާލައިފިއެވެ.

އެމްޑަބްލިޔުއެސްއީ އިން ބުނީ މި ރޯޑްޝޯ ކުރިއަށް ދާނީ މިއަދާ މާދަމާ ފެން ބިލްޑިންގް ކުރިމަތީގައި ކަމަށެވެ. އެގޮތުން މި ދެ ދުވަހުގެ ހެނދުނު 09:00 އިން 15:00 އަށް މި ރޯޑްޝޯ ކުރިއަށް ދާނެއެވެ.

މި ރޯޑްޝޯގައި ބައިވެރިވުމަށް، ފެން ބިލްޑިންގެ ކުރިމަތީގައި ބެހެއްޓިފައިވާ ކައުންޓަރަށް ދިއުމަށްފަހު އެމީހަކަށް ކުރާ ސުވާލަކަށް ޖަވާބު ދީގެން ބައިވެރިވެވޭނެއެވެ.

އަދި މި ޝޯއިން ނަސީބުވެރި އެއް ފަރާތަކަށް ދިނުމަށް ހަމަޖެހިފައި ވަނީ މިއުރާ ޑުއޯމެކްސް ޕީ3،100 ބައިސްކަލެކެވެ.

އެމްޑަބްލިޔުއެސްސީ އިން ބުނީ މިއީ ކަސްޓަމަރުންނާއި ކުންފުންޏާ ދެމެދު ގުޅުން ރަނގަޅުކޮށް ކަސްޓަމަރުންގެ ކަންބޮޑުވުންތައް އަޑުއަހައި އެ ކުންފުނީގެ ހިދުމަތްތަކާ ބެހޭގޮތުން ކަސްޓަރަމުން ހޭލުންތެރިކުރުމުގެ މަގްސަދުގައި ހިންގާ ހަރަކާތެއް ކަމަށެވެ.

އަދި އެ ކުންފުނިން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅޭގޮތުން އޮޅުންފިލުވަން ބޭނުންވާ ކަންތައްތައް އޮޅުންފިލުވައި މައްސަލަތައް ކުންފުނީގެ މުވައްޒަފުންނާ ހިއްސާ ކުރުމަށް ވެސް މިއީ ރަނގަޅު ފުރުސަތެއް ކަމަށެވެ.

comment ކޮމެންޓް