އެންޖެލީނާ ޖޯލީ އެންމެ ފަހުން އިންސްޓަގްރާމަށް!

އެންޖެލީނާ ޖޯލީ---

ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޯލީ 46، އިންސްޓަގްރާމް އާ ގުޅިއްޖެއެވެ.

މީގެ ދެ ދުވަސް ކުރިން ބަތަލާ އެންޖެލީނާ އިންސްޓަގްރާމާ ގުޅުނުއިރު މިހާރު އޭނާ އަށް ފޮލޯކުރާ މީހުންގެ އަދަދު 7.3 މިލިއަނަށް އަރައެެވެ.

ބަތަލާ އެންމެ ފުރަތަމަ ވެސް އިންސްޓަގްރާމްގައި ހިއްސާކުރީ އަފްގާނިސްތާނަށް ނިސްބަތްވާ އަންހެން ކުއްޖެއްގެ ސިޓީއެކެވެ.

އިންސްޓަގްރާމާ ގުޅުމަށްފަހު އެންޖެލީނާ ބުނީ އޭނާ މި ޕްލެޓްފޯމް ބޭނުންކުރާނީ އިންސާނީ ހައްގުތަކަށް އަޑުއުފުލުމަށް ކަމަށެވެ.

ގިނަ އަދަދެއްގެ ފިލްމުތައް ކުޅެފައިވާ ބަތަލާ އެންޖެލީނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ "އެޓާނަސްލް" އާއި "ބާޑްސް އޮފް ޕެރެޑައިސް" އިންނެވެ.

އޭނާ ކުޅުނު ބައެއް މަޝްހޫރު ފިލްމުތަކުގެ ތެރޭގައި "މެލެފިސެންޓް"، "ވޯންޓެޑް" އަދި "ކަމް އަވޭ" ހިމެނެއެވެ.

comment ކޮމެންޓް