އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތައް ހުއްޓުވުމަށް މަޝްވަރާކޮށްފި

އިސްލާމް ދީނުގެ ނަމުގައި ހިންގޭ ހަރުކަށި އަމަލުތަކާއި، އިސްލާމީ އަޚްލާގީ މިންގަޑުންބޭރު އަމަލުތައް ހުއްޓުވުމަށް މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގެ ތެރެއިން ---

އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތަކާއި، އިސްލާމީ އަޚްލާގީ މިންގަޑުންބޭރު އަމަލުތައް ހުއްޓުވުމަށް މަޝްވަރާ އިސްލާމިކް މިނިސްޓްރީން ކަމާބެހޭ ފަރާތްތަކާ ކޮށްފިއެވެ.

މި މަޝްވަރާ ބައްދަލުވުން މިއަދު ބޭއްވީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ.

ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްތަކުގެ ތެރޭގައި ގާނޫނީ ބާރު ލިބިގެން މިފަދަ މައްސަލަތައް ހައްލު ކުރުމަށާއި، ކަމާގުޅޭ މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް މަޝްވަރާކޮށްފައިވެއެވެ.

ހަމައެހެންމެ މިފަދަ މައްސަލަތަކުގައި ތަހްގީގުކޮށް ފިޔަވަޅު އެޅުމުގައި ހުރި ދަތިތަކާއި އެކަންކަން ހައްލު ކުރުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުންވެސް މަޝްވަރާ ކޮށްފައިވެއެވެ.

މީގެ އިތުރުން އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަރުކަށި އަމަލުތަކާއި، އިސްލާމީ އަޚްލާގީ މިންގަޑުން ބޭރު އަމަލުތަކާއި އިސްލާމީ ޝަރީއަތް ހުއްދަ ނުކުރާ ވިޔަފާރިތައް މުޖުތަމައުގައި އާއްމުވަމުންދާތީ، އެފަދަ ކަންކަން ހުއްޓުވުމަށް ކުރަންޖެހޭ މަސައްކަތްތަކާގުޅޭ ގޮތުން މަޝްވަރާކޮށް، މިކަންކަން ހައްލު ކުރުމަށްޓަކައި ބައްދަލުވުމުގައި ބައިވެރިވި މުއައްސަސާތަކުން ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވެއެވެ.

ބައްދަލުވުމުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ އާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲގެ އިތުރުން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

comment ކޮމެންޓް