މިލަދޫ ބަނދަރުގެ ބޭރު ތޮށީގެ މަސައްކަތް ނިމިއްޖެ

މިލަދޫ ބަނދަރުގެ ބޭރު ތޮށި ---- ފޮޓޯ/އެމްޓީސީސީ

ނ. މިލަދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ ދަށުން ބޭރު ތޮށި ލުމުގެ މަސައްކަތް މިއަދު ނިމިފައިވާ ކަމަށް އެމްޓީސީސީއިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ދަށުން 37،222 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ. އަދި 248 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 137 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތްވެސް މި މަޝްރޫގެ ދަށުން ކުރަމުން އަންނަ ކަމަށެވެ. ރިވެޓްމެންޓު ޖެހުމުގެ މަސައްކަތުގެ 56 ޕަސެންޓުވެސް ވަނީ ނިމިފައެވެ.

މީގެ އިތުރުން މި މަޝްރޫގައި 286 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމުގެ މަސައްކަތްވެސް ހިމެނެއެވެ.

އަދި 1430 މީޓަރު ސަރަހައްދުގައި ޕޭވްމެންޓު ހަދައި، ނެރު ބައްތި ޖެހުމާއި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރާނެ ކަމަށް އެމްޓީސީސީ އިން ބުންޏެވެ.

މި މަސައްކަތަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު މިނިސްޓްރީ އޮފް ނެޝެނަލް ޕްލޭނިންގެ، ހައުސިންގް އެންޑު އިންފްރާ ސްޓްރަކްޗާއިން އެމްޓީސީސީއާ ހަވާލުކުރި މަސައްކަތެކެވެ. މި މަޝްރޫއަށް 42.1 މިލިއަން ރުފިޔާ ހަރަދުވާނެއެވެ.

comment ކޮމެންޓް